logo
E-Platinum
ޚަބަރު

ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓު ކުރުމުގެ ޙިދުމަތް ގއ.ވިލިނގިލީގައި ފަށައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
19 ސެޕްޓެމްބަރު 2024 - 11:21
ފޮޓޯ--/ ވެލާނާގެ
ފޮޓޯ--/ ވެލާނާގެ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފުރަތަމަ ފަހަރަށް އަތޮޅުތަކުގެ ރަށެއްގައި ޕްރިންޓުކުރަން ފަށައިފިއެވެ. މިޙިދުމަތް ދޭން ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޑީއެންއާރު ހިންގެވުމާއި ހަވާލުވެ ހުންނެވި އެ ވުޒާރާގެ ނައިބް އަޙްމަދު އަލީއެވެ.

މީގެ ކުރިން މި ޚިދުމަތް ދެމުން އައީ ހަމައެކަނި ވެލާނާގެ ބިލްޑިންގުގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީހުންނެވެ. ޑީއެންއާރުން ގއ. އަތޮޅު ކައުންސިލާއެކު އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި އެއްބަސް ވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގައެވެ.

މީގެ ކުރިން 2021 ގައި ޑީއެންއާރުން ވަނީ އޮންލައިޕޯޓަލް އެއް މެދުވެރިކޮށް އޮންލައިންކޮށް ކާޑު ހެއްދޭގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް ޑީއެންއާރުން ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގައި މިނިޒާމަށް ބަދަލު ގެނެސް އަމިއްލައަށް ކާޑަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އަދި މިނިޒާމުގެ ތެރެއިން ކާޑަށް އެދިލައްވާ ބޭފުޅަކު ހުންނަވާ ރަށަކަށް ނުވަތަ އަތޮޅަކެއްގައި ހުންނަ ކައުންސިލެއް މެދުވެރިކޮށް އެ ފަރާތަށް ކާޑު ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ،

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ވިލުފުށީގައި ފަށައިފިޚަބަރު | 12 ގަޑިއިރު ކުރިންވޭމަންޑޫންވެސް އައިޑީކާޑު ޕްރިންޓް ކުރެވޭނެ، މިއީ ޚިދުމަތް ފެށި 27 ވަނަ ރަށްޚަބަރު | 7 ދުވަސް ކުރިންއައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައިވެސް ފަށައިފިޚަބަރު | 2 މަސް ކުރިންރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަނީޚަބަރު | 3 މަސް ކުރިން