logo
ޚަބަރު

ވޭމަންޑޫންވެސް އައިޑީކާޑު ޕްރިންޓް ކުރެވޭނެ، މިއީ ޚިދުމަތް ފެށި 27 ވަނަ ރަށް

އަޙްމަދު ޒަލީފް
19 ޖުލައި 2025 - 09:18
ވޭމަންޑޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުން
ވޭމަންޑޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުން

ތ. އަތޮޅު ވޭމަންޑޫގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ފަށައިފިއެވެ. ތ. ވޭންޑޫއަކީ މި ހިދުމަތް ފެށި 27 ވަނަ ރަށެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައި ވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ބުނީ، އައިޑީ ކާޑުގެ ޚިދުމަތް ތ. ވޭމަންޑޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް އެންމެ ފުރަތަމަ ގާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ވިލުފުށީގައި ފަށައިފިޚަބަރު | 2 މަސް ކުރިންވޭމަންޑޫންވެސް އައިޑީކާޑު ޕްރިންޓް ކުރެވޭނެ، މިއީ ޚިދުމަތް ފެށި 27 ވަނަ ރަށްޚަބަރު | 2 މަސް ކުރިންވޭމަންޑޫ ގޮނޑުދޮށަށް ބޮޑުމަހެއް ލައްގައިފިޚަބަރު | 3 މަސް ކުރިންއައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައިވެސް ފަށައިފިޚަބަރު | 3 މަސް ކުރިން