logo
Bank of Maldives

Bank of Maldives

ޚަބަރު

ވަރަށް އަވަހަށް ވޭމަންޑޫގައި 25 ހެކްޓަރުގެ ބިން އިތުރުކުރާނަން: ރައީސް

ނުހާ އަޙްމަދު
24 ސެޕްޓެމްބަރު 2025 - 17:11
ވަރަށް އަވަހަށް ވޭމަންޑޫގައި 25 ހެކްޓަރުގެ ބިން އިތުރު ކުރާނަން: ރައީސް

ތ. ވޭމަންޑޫގައި 25 ހެކްޓަރުގެ ބިން އިތުރު ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، ވޭމަންޑޫ އަކީ ތ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވާއިރު އެ ރަށުގައި ބިން ހިއްކުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެސް އެކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެނފައިވާނޭ ކަމަށެވެ.

" މިރޭ މި ސޮއިކުރި އެއްބަސްވުމުގެ ދަށުން 25 ހެކްޓަރުގެ ބިން މި ރަށަށް އިތުރު ކުރެވިގެން ދާނެ، މި މަޝްރޫއު އިރާދުކުރެއްވިއްޔާ ހަމަ ވަރަށް އަވަހަށް އަމަލީ ގޮތުން ފެށި އެއްވެސް ހުއްޓުމެއް ނައިސް ގޮސް ނިމިގެންދާނެ " : ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ތ. ވޭމަނޑޫގެ ބަނދަރު އަބްގްރޭޑު ކުރުމާއި، އެ ރަށުގެ ބިން ހިއްކުމުގެ މަސަކަތް ވަނީ އެމްޓީސީއާ ހަވާލުކޮށްފައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ތ. އަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމަށް ބޮޑު ފަޚުރެއް: ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓަށް ރައީސް މުއިއްޒުޚަބަރު | 9 ގަޑިއިރު ކުރިންރައީސް، ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިންއިސްމުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ހަތަރުވަނަ ސެޝަން ބާއްވައިފިޚަބަރު | 18 ގަޑިއިރު ކުރިންފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން