logo
ޚަބަރު

މެލޭޝިޔާގެ ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް ތަކުލީފެއް ނުޖެހޭނެ - މިނިސްޓަރ

އަޙްމަދު ޒަލީފް
28 ޖޫން 2025 - 08:38
މެލޭޝިޔާގެ ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް ތަކުލީފެއް ނުޖެހޭނެ - މިނިސްޓަރ

މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން އެ ޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ތަކުލީފު ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މެލޭޝިއާ ސަރުކާރުން މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއްކަމަށެވެ. އަދި މިކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް އަންގާފައި ނެތްކަމަށެވެ. އެހެންކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް، އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އަދި އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށެވެ. ނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިހާރު މިކަން ގާތުން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޓެކްސް ނަގާނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2 ލައްކަ 18 ހާސް ރުފިޔާ އަހަރަކު ޚަރަދުކުރާ ކުދިންގެ އަތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ޑރ. ޙައިދަރު ވިދާޅުވީ، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވަހި ދަރިވަރުން ތަޢުލީމު ހާސިލުކުރާ ޤައުމަކަށްވުމާއެކު، މިކަމުގައި އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ މިކަން ދަރިވަރުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ހަމަޖަސަވާނެކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ސްކޮލަރޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އަމިއްލަ ގޮތުން ކިޔަވަންގޮސް ތިބި ދަރިވަރުންނަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓޫޑެންޓް ލޯނުގެ ދަށުން އެއް ބިލިއަން ރުފިޔާ ދޫކޮށްފިޚަބަރު | 25 ދުވަސް ކުރިންޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ އަމާޒެއް: ވަޒީރު ހައިދަރުޚަބަރު | މަހެއް ކުރިންބޭރުގައި ކިޔަވާ ދަރިވަރުންގެ ފީ އާއި ޚަރަދުތަކަށް ޑޮލަރުގެ އެހީތެރިކަން ދެނީޚަބަރު | މަހެއް ކުރިންސްޓޫޑެންޓް ލޯނުގެ ލިސްޓް ނެރެ ޝަކުވާއަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިން