logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ދޭ ސްކޮލަރޝިޕަށް ހުޅުވާލައިފި

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 05:56
ޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ދޭ ސްކޮލަރޝިޕަށް ހުޅުވާލައިފި

ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ފަރާތުން ރާއްޖެއަށް ދީފައިވާ މާސްޓަރސް ޑިގްރީގެ ހަ ސްކޮލަރޝިޕް ފުރުޞަތަށް ހުޅުވާލައިފިއެވެ.

މިސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ދޭނީ ވެސް ޖަޕަނީޒް ގްރާންޑް އެއިޑްގެ ފަރާތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭޑީއެސްގެ ފަރާތުން ދޭ ސްކޮލަރޝިޕްތައް ޚާއްޞަކޮށްފައި ވަނީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓްގެ ދާއިރާއިންނެވެ. ސްކޮލަރޝިޕް ޕްރޮޖެކްޓް ރާއްޖޭގައި ތަޢާރަފްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. މިހާތަނަށް 27 ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވެއެވެ.

ޖޭޑީއެސްގެ މި ސްކޮލަރޝިޕް ޕްރޮގްރާމްގައި ކިޔަވައިދޭނީ އިނގިރޭސި ބަހުންނެވެ. ކޮންމެ އަހަރަކުވެސް ހަ ސްކޮލަރޝިޕް ދެނީ ޖަޕާނުގެ ތިން ޔުނިވަރސިޓީއަކުން ކޮންމެ ޔުނިވަރސިޓީއަކުން ދެ ފުރުޞަތު ދޭ ގޮތަށެވެ.

މިސްކޮލަރޝިޕަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 16:00 އެވެ.

މި ސްކޮލަރޝިޕް ދެނީ 22 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ނިންމުމަށްފަހު، ހަތަރު އަހަރު ދުވަހު ރާއްޖޭގައި ވަޒީފާ އަދާކުރަން ޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެޑްލައިނެއް ނުބާއްވާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލަނީޚަބަރު | މަހެއް ކުރިންދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެޚަބަރު | 2 މަސް ކުރިންމިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތުޚަބަރު | 3 މަސް ކުރިންމިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 3 މަސް ކުރިން