logo
E-Platinum
World

ޣައްޒާގެ ދުލުން: ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރުމަކީ މަރުގެ އަދަބުގެ ޙުކުމަކަށް ހަދައިފި

އަޙްމަދު ޒަލީފް
28 ޖޫން 2025 - 11:59
ޣައްޒާގެ ދުލުން:  ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރުމަކީ މަރުގެ އަދަބުގެ ޙުކުމަކަށް ހަދައިފި

ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ އެތަކެއް މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއިން އަޑީގައި އޮވެ، ޔަހޫދީންނާ ގުޅިގެން ހިންގަމުންދާ ހަރަކާތަކީ ޣައްޒާގެ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ ހަރަކާތުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ.

ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް މި ވަގުތު ކާބޯތަކެތި ފޯރުކޮށްދެމުންދާ ހަމައެކަނި ޖަމުޢިއްޔާއަކީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފެ)ވެ. އެއީ، ޣައްޒާގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.

އެ ޖަމުޢިއްޔާއާ ގުޅިގެން ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. މި ގޮތުން، ކާބޯތަކެތި ބެހުމުގެ ނަމުގައި ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޙަމަލާދީ، ޔަހޫދީ ފައުޖުން ދަނީ އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކުރަމުންނެވެ.

އްޒާގެ ފުރަބަންދަށް ލުއިތަކެއްދީ، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ޔަހޫދީން އދއަށް ދީފައި ވަނީ މޭ 19ވަނަ ދުވަހުއެވެ. ނަމަވެސް، އދން ބުނީ، އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މިހާތަނަށް ހިންގާފައިވާ ޖަރީމާތަކުގެ 400އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޖީއެޗްއެފްގެ އިތުރުން އދގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދު ކޮށްލާފައިވާ މީހުން ހިމެނެއެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނަށް ފާޑުވިދާޅުވަމުން ގުތެރޭޝް ވިދާޅުވީ: "އޭގެ ސަބަބުން މީހުންގެ ފުރާނަ ގެއްލެމުންދާ" ކަމުގައެވެ.

"[ޣައްޒާގެ ޢާންމުން] ހަތިޔާރު އެޅި ސިފައިން ތިބި ސަރަޙައްދަކަށް ޖަމާކުރުމަށް ހިންގާ ކޮންމެ އޮޕަރޭޝަނަކީ، އެ ރައްޔިތުންގެ ފުރާނަައަށް ނުރައްކާވާނެ އޮޕަރޭޝަނެއް. އޭގެ ސަބަބުން [ޢައްޒާގެ ރައްޔިތުންގެ] ފުރާނަ ދަނީ ގެއްލެމުން،" ޖީއެޗްއެފްގެ ނަމުގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޅެއްގައި ނުޖެހި މަޝްވަރާތައް ދިގުލަނީ، މިއަދުވެސް ގިނަ ބަޔަކު ޝަހީދުކޮށްލައިފި World | 4 ދުވަސް ކުރިންޣައްޒާ ފަހު ނޭވާގައި: ހަސްފަތާލަކީ ހަމަހިމޭން ގަބުރުސްތާނެއްދުނިޔެ | 7 ދުވަސް ކުރިންޣައްޒާގެ ހައްޤުގައި ވަކާލާތުކުރި 20 މީހަކު ހައްޔަރުކޮށްފި World | 11 ދުވަސް ކުރިންޣައްޒާގައި ހިންގާ ޤަތުލް އާންމު މެދުކަނޑާލަން ޓްރަމްޕް ބުނެފި ޚަބަރު | 15 ދުވަސް ކުރިން