logo
E-Platinum
ކުޅިވަރު

ޖަރުމަނު ބަލިކޮށް އަންޑަރ 21 ޔޫރޯ 4 ވަނަ ފަހަރަށް އިންގްލަންޑް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
29 ޖޫން 2025 - 04:53
މިއީ މިމުބާރާތް އިންގްލަންޑް އިން ކާޟިޔާޞުކުރި 4 ވަނަ ފަހަރު - ފޮޓޯ: ސްކައި
މިއީ މިމުބާރާތް އިންގްލަންޑް އިން ކާޟިޔާޞުކުރި 4 ވަނަ ފަހަރު - ފޮޓޯ: ސްކައި

އަންޑަރ 21 ޔޫރޯ މުބާރާތުގެ ފައިނަލްގައި ޖަރުމަނުވިލާތް ބަލިކޮށް އިނގިރޭސީން މިމުބާރާތް 4 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. މީގެކުރިން 2023 ވަނަ އަހަރުގެ މިމުބާރާތުގެ ފައިނަލުގައި އިނގިރޭސީން ވަނީ ސްޕެއިން ބަލިކޮށް މިމުބާރާތް ކާމިޔާކޮށްފައެވެ.

ސްލޮވާކިއާގައި ކުޅުނު މިމެޗުގެ 90 މިނެޓު ހަމަވީ 2-2 އިން މެޗު އެއްވަރުވެގެންނެވެ. ނަމަވެސް އިތުރުވަގުތުގެ ދެވަނަ މިނެޓްގައި ޓައިލަރ މޯޓަންގެ ފުރިހަމަ ކްރޮސްއަކުން ސަބްސްޓިޓިއުޓްގެ ގޮތުގައި ކުޅެންއެރި ޖޮނަތަން ރޯވް ވަނީ އިނގިރޭސި ޓީމަށް ކާމިޔާބީގެ ލަނޑު ޖަހާފައެވެ.

މެޗުގެ ފުރަތަމަ 5 މިނެޓްގައި ލިވަޕޫލްގެ މިޑްފީލްޑަރ ހާވީ އެލިއޮޓް ވަނީ އިނގިރޭސި ޓީމަށް ލީޑް ހޯދައިދީފައެވެ. އޭގެ 20 މިނެޓް ފަހުން އޮމާރީ ހަޗިންސަން ވަނީ ޖޭމްސް މެކްއެޓީގެ އެހީގައި އިނގިރޭސި ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފުގެ އިންޖުރީ ޓައިމްގައި ނެލްސަން ވައިޕަރ ވަނީ ޕޯލް ނެބެލްގެ ކްރޮސްއަކުން ޖަރުމަނު ޓީމު ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި ދެވަނަ ހާފުގެ 60 ވަނަ މިނެޓްގައި ނެބެލްވަނީ ގޯލުޖަހައި މެޗު ހަމަހަމަ ކޮށްދީފައެވެ.

މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ލިވަރޕޫލުގެ ހާވޭ އެލިއަޓް އެވެ.

މި މުބާރާތް 4 ފަހަރު ކާމިޔާބުކުރުމާއެކު، އިނގިރޭސި ޓީމުން ވަނީ ޖަރުމަނު ޓީމަށްވުރެ އެއް ފަހަރު އިތުރަށް މުބާރާތް ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދާފައިވާ ސްޕެއިނާއި އިޓަލީ ވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަރުމަނު ބަލިކޮށް އަންޑަރ 21 ޔޫރޯ 4 ވަނަ ފަހަރަށް އިންގްލަންޑް ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިންއެފްރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް އިންގްލަންޑް ބަލިކޮށްފިކުޅިވަރު | 2 މަސް ކުރިންލެޓްވިޔާގެ ބަލިކޮށް އިންގްލެންޑުން ކޮލިފިކޭޝަން ފެށީ ގަދަކޮށްކުޅިވަރު | 4 މަސް ކުރިންޓުޗެލްގެ ފުރަތަމަ މެޗުގައި އިންގްލަންޑް މޮޅުވެއްޖެކުޅިވަރު | 4 މަސް ކުރިން