ފަޤީރުންގެ ދަފްތަރުގައި ހިމެނޭ، ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ މީހުންނަށް އިންޝުއަރެންސެއް ތަޢާރަފްކުރަން ނިންމައިފި


29 ޖޫން 2025 - 11:22
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ މީހުންނަށް ހާއްސަ އިންޝުއަރެންސެއް ތަޢާރަފްކުރަން ނިންމައިފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މި މަހުން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެންނެވެ. އެފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރުކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް ޒަކާތު ފަންޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިތުރު ލިޔުންތައް

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު
10 މަސް ކުރިން
މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 4000 ރުފިޔާ
10 މަސް ކުރިން
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި
10 މަސް ކުރިން