logo
E-Platinum
World

ޣައްޒާ ފަހު ނޭވާގައި: ޝަހީދުވި އަދަދު ލައްކަ އަކާ ގާތްކުރާނެ ކަމަށް ބެލެވޭ

އަޙްމަދު ޒަލީފް
30 ޖޫން 2025 - 03:20
ޣައްޒާ ފަހު ނޭވާގައި: ޝަހީދުވި އަދަދު ލައްކަ އަކާ ގާތްކުރާނެ ކަމަށް ބެލެވޭ

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ލައްކައަކާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުން ވެސް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ 10،000 އަށްވުރެ ގިނަ މީހުން އެ ސަހަރުގައި ޝަހީދުވެފައިވާ ކަމަށް މަޢުލޫމާތު ދީފައެވެ. އެއާއެކު ޢުދުވާން ފެށުނު ފަހުން މިހާތަނަށް 100،000 އާ ގާތްކުރާ ޢަދަދަކަށް ޣައްޒާގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ.

ޝަހީދުވެފައިވާ މީހުންގެ ޢަދަދުގެ ގޮތުގައި ޣައްޒާގެ ޞިއްހީ ވުޒާރާއިން ރަސްމީކޮށް އިޢުލާނުކޮށްފައި ވަނީ 56،000 އެވެ. ޢުދުވާނުގައި ޝަހީދުވި މީހުންގެ ހަޤީޤީ ޢަދަދު އެ ޢަދަދާ އަޅާބަލައި އިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު ކަމަށް ބެލެވޭއިރު ރަސްމީ ޢަދަދުތަކުން ޣައްޒާގެ ހަޤީޤީ ޙާލަތު ދައްކުވައިނުދޭ ކަމަށް ބެލެވެއެވެ.

ޖެނުއަރީ މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އިސްރާއީލު ސިފައިން މާރިޗު މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށާފައިވާއިރު، އެ ތާރީޚުން ފެށިގެން 6,175 މީހުން ޝަހީދުކޮށް، 21,378 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށްވެސް މިކަމާ ގުޅޭގޮތުން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 88 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލުތަކަށް ގެންގޮސްފައިވާއިރު، 365 މީހުން ވަނީ ޒަޚަމްވެފައެވެ. މިއާއެކު، ޖުމްލަ ޒަޚަމްވި މީހުންގެ އަދަދު 133,419 އަށް އަރާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އަދިވެސް ގިނަ އަދަދެއްގެ މީހުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގަޔާއި މަގުމަތީގައި ތާށިވެފައިވާއިރު، ސަލާމަތް ކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުފޯރާ،" މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޅެއްގައި ނުޖެހި މަޝްވަރާތައް ދިގުލަނީ، މިއަދުވެސް ގިނަ ބަޔަކު ޝަހީދުކޮށްލައިފި World | 4 ދުވަސް ކުރިންޣައްޒާ ފަހު ނޭވާގައި: ހަސްފަތާލަކީ ހަމަހިމޭން ގަބުރުސްތާނެއްދުނިޔެ | 7 ދުވަސް ކުރިންޣައްޒާގެ ހައްޤުގައި ވަކާލާތުކުރި 20 މީހަކު ހައްޔަރުކޮށްފި World | 11 ދުވަސް ކުރިންޣައްޒާގައި ހިންގާ ޤަތުލް އާންމު މެދުކަނޑާލަން ޓްރަމްޕް ބުނެފި ޚަބަރު | 15 ދުވަސް ކުރިން