logoEN
ޚަބަރު

މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް - ރައީސް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

30 ޖޫން 2025 - 16:33

ސިޔާސީ ގުޅުން ޤާއިމްވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫ ދެމެދު އޮތް ގުޅުމަށް، އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރާ މިމުނާސަބު ވަގުތާއި ދިމާކޮށް އެޤައުމަށް ކުރައްވާ މިދަތުރުފުޅާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދު އޮތީ ޒަމާންވީ ބަދަހި ގުޅުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުމުގެ ތާރީޙަށް އަލިއަޅުވާލައްވާ ވިދާޅުވީ ސިޔާސީ ގުޅުން ޤާއިމްވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވިދާޅުވީ، ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ފަތުވެރިކަމުގެ ދާއީރާގައި ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ޤައުމެއްކަމަށާއި ސިންގަޕޫރަކީ ވިޔަފާރިއާއި މާލީދާއިރާގައި ކުރިއެރުން ހޯދާފައިވާ ޤައުމެއްކަމުން މިދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ބަދަލުވަމުން އަންނަ ދުނިޔޭގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް

871x217_placeholder