logoEN
ޚަބަރު

ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު އިފުތިތާހުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

30 ޖޫން 2025 - 17:07

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ރަނގަޅުކޮށް، އެ މީހުންނަށް ދެމެހެއްޓެނިވި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ "ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު" މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

މި ސިޔާސަތު އާންމުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، މާލޭގެ މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރަޙައްދީ ޤައުމުތަކުގައި ޢަމަލުކުރަމުންދާ އުސޫލުތަކަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި. އޯ. އެމް) އަދި ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ ބައިވެރިވުމާ އެކު ސިލްސިލާކޮށް ގެންދެވުނު މަޝްވަރާތަކަށް ބިނާކޮށެވެ.

މި ސިޔާސަތު އެކުލަވާލުމުގައި އައި. އޯ. އެމް ޑިވެލޮޕްމަންޓް ފަންޑުން ވަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ"އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްޙަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްޙަތު ހަރުދަނާކުރުމެވެ. އަދި މިއީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެކެވެ.

ނޭޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީގެ މަޤްޞަދަކީ މަލްޓި ސެކްޓަރ ކޯޑިނޭޝަން މެކޭނިޒަމްއެއް މެދުވެރިކޮށް ޒިންމާވާ ހުރިހާ ދާއިރާތަކެއް ޝާމިލުވާގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، މައިގްރޭޝަން ސައިކަލްތަކުގެ ހުރިހާ މަރުޙަލާއެއްގައި އެމީހުންގެ ސިއްޙީ ޙާލަތު ރަނގަޅުކުރުމެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމެވެ.

މި ސިޔާސަތު އިފްތިތާހްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކާގައި ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder