logo
ކުޅިވަރު

ރޮނާލްޑޯ ބުނިގޮތަށް ސަޢުދީ ލީގަކީ އާދައިގެ ލީގެއް ނޫން، ވަރުގަދަ ސިޓީ ބަލިކޮށް އަލް ހިލާލް ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
1 ޖުލައި 2025 - 03:13
މެޗު ނިންމާފައިއަލް ހިލާލް އިން އުފާ ފާޅުކުރަނީ - ފޮޓޯ: އަލް ހިލާލް
މެޗު ނިންމާފައިއަލް ހިލާލް އިން އުފާ ފާޅުކުރަނީ - ފޮޓޯ: އަލް ހިލާލް

ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި މިދިޔަ ހަތަރު އަހަރު އެންމެ މޮޅު ޓީމުަކަމަށްވާ މެންޗެސްޓަރ ސިޓީ ބަލިކޮށް އަލް ހިލާލް އިން ސަޢޫދީ ޓީމުތަކުގެ ފެންވަރު ދައްކާލައި، ދުނިޔެ ހައިރާން ކޮށްލައިފިއެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ ސަޢުދީލީގުގެ ޓީމުތަކުގެ ފެންވަރު ރަނގަޅު ވާހަކަ އާއި ސަޢުދީގެ ޓީމުތައް ޔޫރަޕުގެ ލީގުތަކުގެ ޓީމުތަކާ އަޅުވާ ކިޔާފައެވެ. އެހެންކަމުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މިމުބާރާތުގައި ގަފަދަފަ ސިޓީ ކަޓުވާލުމަށްފަހު އަލް ހިލާލް މިހޯދި ކާމިޔާބީއަކީ ރޮނާލްޑޯގެ މިބަހަށް ބާރުދޭ ހެއްކެކެވެ.

މެންޗެސްޓަރ ސީޓީއިން ވަނީ މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ތިން ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. މީގެކުރިން ޔޫރަޕުގެ ގަދަބާރު ރެއާލް މެޑްރިޑް އާއި ވާދަކުރި މެޗުންވެސް އަލް ހިލާލް ވަނީ އެއްވަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުފަށައިގެން އެންމެ 9 މިނެޓުތެރޭގައި ސިޓީގެ ބަނާޑޯ ސިލްވާ ވަނީ ގޯލުޖަހައި ސިޓީއަށް ލީޑުނަގައިދީފައެވެ. ސިޓީގެ ފަރާތުން ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާނަމަވެސް، އަލް ހިލާލް އަށް ސިޓީގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފު އަލް ހިލާލް އިން ފެށީ ލިއޮނާޑޯގެ ގޯލަކުންނެވެ. އަދި އޭގެ 8 މިނެޓުގފަހުން އަލް ހިލާލް އިން ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. މިގޯލު ކާމިޔާބުކޮށްދިނީ 52 ވަނަ މިނެޓުގައި މަލްކޮމްއެވެ. އަލް ހިލާލް އިން ލީދު ނެގިތާ 3 މިނެޓުތެރޭގައި ސިޓީގެ ހާލަންޑު ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގައި ސިޓީގެ ފަރާތުން ވަރުގަދަ އެޓޭކިން ފުޓްބޯޅައެއް ކުޅެފައިވާއިރު، އަލް ހިލާލްގެ ޑިފެންސް އިން ވަނީ ސިޓީ ހުއްޓުވާފައެވެ.

މެޗުގެ 90 މިނެޓު ހަމަވީ 2-2 އިންނެވެ. މިއާއެކު ނަތީޖާ ނެރެންޖެހުނީ އިތުރު ވަގުތުގެ ދެހާފުންނެވެ. އަދި އިތުރު ވަގުތު ފަށައިގެން 4 ވަނަ މިނެޓުގައި ކޮލުބެލީ ވަނީ ކޯނަރަކުން ގޯލެއް ޖަހައި ދެވަނަ ފަހަރަށް އަލް ހިލާލް އަށް ލީޑު ނަގައިދީފައެވެ. ސިޓީއަށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްދިން ގޯލުޖަހައިދިނީ އިތުރު ވަގުތުގެ 100 ވަނަ މިނެޓުގައި ކުޅެން ނިކުތް ފޯޑެން އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފު 3-3 އިން ނިމިފައިވާއިރު، އިތުރު ވަގުތުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް އަލް ހިލާލްގެ މާކަސް ލިއޮނާޑީ ވަނީ އޭނާގެ ދެވަނަ ގޯލުޖަހައި އަލް ހިލާލް ކުއާޓަރ ފައިނަލަށް ގެންގޮސްދީފައެވެ. މެޗު ނިމުނީ 4-3 އިންނެވެ.

އަލް ހިލާލް އަކީ މިމުބާރާތުގައި ވާދަކުރާ ހަމައެކަނި ސަޢޫދީގެ ޓީމުކަމަށްވާއިރު، ކުއާޓަރ ފައިނަލުގައި އަލް ހިލާލް ވާދަކުރާނީ ބްރެޒިލްގެ ފްލޫމިނޭންސް އާއި ދެކޮޅަށެވެ. ކުލަބް ވޯލްޑްކަޕާއި ދިމާކޮށް އަލް ހިލާލް އިން ވަނީ ވެންޕިއަންސް ލީގުގެ ފައިނަލުން ބަލިވި އިންޓަރ މިލާނުގެ ކޯޗު އިންޒަންގީ އެޓީމުގެ ކޯޗުކަމަށް ގެނެސްފައެވެ. މެޗަށް ނިކުތުމުގެ ކުރިން އަލް ހިލާލް ގެ ރައީސް ވަނީ ސިޓީމެޗުން މޮޅުވެއްޖެނަމަ ކޮންމެ ކުޅުންތެރިއަކަށް 5 މިލިޔަން ޑޮލަރު ހުށަހަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 7 ދުވަސް ކުރިންމެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ފަސޭހަކަމާއެކު ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިކުޅިވަރު | 22 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީކުޅިވަރު | 25 ދުވަސް ކުރިންސިޓީއިން އެޑަސަން ވިއްކާލުމަށްފަހު ޑޮނަރުމާ ހޯދަނީކުޅިވަރު | މަހެއް ކުރިން