ހާލު ކިހިނެތް ޕްރޮގްރާމް: އައްޑޫގެ ހުރިހާ ގޭބީސީއަކަށް ޒިޔާރަތްކުރާނެ


01 ޖުލައި 2025 - 05:59
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީގައި ފަށައިގެން ކުރިއަށްދާއިރު މި ޕްރޮގްރާމުގެ ތެރެއިން އައްޑޫގެ ހުރިހާ ގޭބީސީއަކަށް ޒިޔާރަތްކުރާނެކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މެންދުރުޓީވީއަށް ބުނީ ޕްރޮގްރާމުގެ ތެރެއިން ވުޒާރާއާއި ކައުންސިލުންދަނީ އައްޑޫގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަށް ފާހަގަކޮށް އެފަރާތަކުގެ ހާލު ބެކުމަށް ޒިޔާރަތްކުރަމުންކަމަށެޗެ. އަދި މި ޕްރޮގަރާމުގެ ތެރެއިން މުޅި އައްޑޫގެ ހުރިހާ ގޭބީސީތަކަށް ޒިޔާރަތްކުރާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މި ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިތުރު ލިޔުންތައް

ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި
އަހަރެއް ކުރިން
އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަން ނެތުން
8 މަސް ކުރިން
މަމްސް އެއިޑްއާއެކު މުޙިއްމު އެއްބަސްވުމެއް: ނާޒުކު އާއިލާތަކަށް އެހީވާނެ
8 މަސް ކުރިން