ޤަވާއިދާ ޚިލާފަށް ޕާކުކުރި 420 އުޅަނދު ޓޯ ކޮށްފި


01 ޖުލައި 2025 - 12:22
ޕާކްކުރުން މަނާ ސަރަހަށްދުތަކުގައި ޕާކުކޮށްގެން މިދިޔަ 19 ދުވަހުގެ ތެރޭ 400 އަށްވުރެ ގިނަ ވެހިކަލް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސައްކަތުގެ ތެރެއިން ޖޫން މަހުގެ 12 އިން 30 ގެ ނިޔަލަށް ޖުމްލަ 420 އުޅަނދެއް ޓޯކޮށްފައިވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ މަޖީދީ މަހުން ޓޯކުރި 218 ވެހިކަލްއަކާއި، ބޮޑުތަކުރުފާނުމަގުން ޓޯކުރި 202 ވެހިކަލްއެކެވެ.
އެގޮތުން މަޖީދީ މަގުން 216 ސައިކަލާއި ދެ ކާރު ޓޯކޮށްފައި ވެއެވެ. އަދި ބޮޑުތަކުރުފާނުމަގުން 164 ސައިކަލާއި، 38 ކާރު ޓޯކޮށްފައި ވެއެވެ
ފުލުހުން ބުނެފައި ވަނީ އެ ދެ މަގުން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސް ކުރުމުންނެވެ.
މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން، ބޮޑުތަކުރުފާނުމަގުގެ ވަކި ސަރަހަށްދުތަކަކާއި، މަޖީދީ މަގުގައި ޕާކްކުރާ ވެހިކަލްތައް ފުލުހުން ދަނީ ޓޯ ކުރަމުންނެވެ.
އިތުރު ލިޔުންތައް
ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދަނީ
9 މަސް ކުރިން
ކޮންމެ 5 މިނެޓަކުން މަގުމަތިން ފުލުހަކު ފެންނަން ގޮތަށް އިންތިޒާމު ކުރަނީ
9 މަސް ކުރިން
އެފްކޮންސްގެ މުވައްޒަފަކު ޒަޚަމުވެ މަރުވެފައި އޮއްވާ ފެނިއްޖެ
9 މަސް ކުރިން.jpg&w=3840&q=75)