ލުހާންސްކު އަލުން އަނބުރާ ރަޝިޔާގެ ބާރުގެ ދަށަށް
1 ޖުލައި 2025 - 15:09

މީގެ ކުރިން ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ލުހާންސްކު ސަރަޙައްދުން ޔޫކްރެއިންގެ ބާރު ކަނޑުވާލާ އަލުން އަނބުރާ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. ލުހާންސަކީ އެއް ޒަމާނެއްގައި ރަޝިޔާގެ ބައެކެވެ. ނަމަވެސް ރަޝިޔާ އިންޤިލާބުގެ ފަހުން، 1922ވަނަ އަހަރު އެ ސަރަޙައްދު ހިމެނުނީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައެވެ. އެއީ އޭރުގެ ޔޫކްރެއިނިއަން ސޯވިއެެޓް ސްޕެޝަލިސްޓް ރިޕަބްލިކްގެ ދަށުންނެވެ.
ރަޝިޔާގެ އިސް އޮފިޝަލެއް ކަމަށްވާ ލިއޮނިޑް ޕަސެޝްނިކް އެ ޤަައުމުގެ ދައުލަތުގެ ޓީވީގައި ޖުލައި މަހުގެ 1ވަނަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ލުހާންސްކު މިހާރު އޮތީ ރަޝިޔާގެ 100 އިންސައްތަ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ. އޭނާއަކީ ލުހާންސްކު ސަރަޙައްދުގައި ޙަރަކާތްތެރިވާ ރަޝިޔާގެ އެންމެ އިސް ފަރާތެވެ.

Ad by Hajj Corporation
ޕަސެޝްނިކް މިހެން އިޢުލާނު ކުރައްވާފައިވާ ނަމަވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ޔޫކްރެއިންގެ ސަރުކާރުން ވެސް މިހާތަނަށް މި ކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ޔޫކްރެއިންގެ ސަރަޙައްދުތައް ކަމަށް ޤަބޫލުކުރާ އެ ޤައުމުގެ 19 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮނެސްކްއާއި ޒަޕޮރިއްޒިޒާގެ އިތުރުން ކެއާސަންގެ 70 އިންސައްތައާއި އާއި ޚާކިވްއާއި ސޫމީ އާއި ނިޕްރޮޕެޓްރޮވްސްގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.
ރަޝިޔާއިން އެ ގޮތަށް އިޢުލާނުކުރުމުން ހުޅަނދުގެ ޤައުމުތަކުން ވަނީ އެއީ ޤާނޫނާ ޚިލާފު ކަމެއްް ކަމަށާއި ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.