logo
World

މައްސަލަ ހައްލުވަންދެން ރަޝިޔާއަށް އެއްބާރުލުން ދޭނަން - އުތުރު ކޮރެޔާ

އަޙްމަދު ޒަލީފް
14 ޖުލައި 2025 - 11:39
މައްސަލަ ހައްލުވަންދެން ރަޝިޔާއަށް އެއްބާރުލުން ދޭނަން - އުތުރު ކޮރެޔާ

ޔުކްރެއިން މައްސަލަ ހައްލުކުރަން ރަޝިޔާއަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އުތުރު ކޮރެއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެއްގައި ކިމް ވަނީ ރަޝިޔާއިން ޔޫކްރެއިނާ ކުރާ ހަނގުރާމައަށް އުތުރު ކޮރެޔާއިން އިތުރު ސިފައިންނާއި ހަތިޔާރު ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ހޮނިހިރު ދުވަހު ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމްއާ އެކު ބޭއްވި ބައްދަލުވުމުގައި ލަވްރޯވް ވަނީ ދެ ޤައުމުގެ ގުޅުމަކީ ގުޑުވައިނުލެވޭނެ އަޚުވަންތަ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވައި، ރަޝިޔާއަށް ފޮނުވާފައިވާ އުތުރު ކޮރެޔާގެ ސިފައިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުތުރު ކޮރެޔާއިން ރަޝިޔާއަށް އާޓިލަރީ ވަޒަން ސަޕްލައި ކުރަމުންދާ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 12 މިލިއަން ވަޒަން ފޮނުވާފައިވާ ކަމަށް ޔޮންހަޕް ނިއުސް އިން ބުނެއެވެ. އަދި ޔޫކްރެއިނު ހަނގުރާމައިގައި 10،000 އެއްހާ އުތުރު ކޮރެޔާގެ ސިފައިން ބައިވެރިވަމުންދާ ކަމަށް، ޖާސޫސީ އިދާރާތަކުން ބުނެއެވެ.

އުތުރު ކޮރެޔާގެ ދަޢުލަތުގެ މީޑިޔާ ކޭސީއެންއޭ އިން ރިޕޯޓްކުރި ގޮތުގައި، ލަވްރޯވް އާ ބައްދަލުކުރައްވައި، ވިދާޅުވީ ދުނިޔޭގެ މަސްރަޙު އިތުރަށް ހޫނުވަމުން އަންނަ އިރު، ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫކްރެއިން އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހަނގުރާމަ ހުއްޓާލުން - ޓްރަމްޕް ދުނިޔެ | 12 ދުވަސް ކުރިންމައްސަލަ ހައްލުވަންދެން ރަޝިޔާއަށް އެއްބާރުލުން ދޭނަން - އުތުރު ކޮރެޔާ World | 2 މަސް ކުރިންއެމެރިކާގެ މިސައިލް ސްޓޮކް ދަށަށް ގޮސް، ޔޫކްރެއިންއަށް މިސައިލް ލިބުން މަޑުޖެހިއްޖެ World | 2 މަސް ކުރިންލުހާންސްކު އަލުން އަނބުރާ ރަޝިޔާގެ ބާރުގެ ދަށަށްWorld | 2 މަސް ކުރިން