logo
Bank of Maldives

Bank of Maldives

ދުނިޔެ

އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި އޭނާގެ ދަރިކަނބަލުން އަސްކަރީ ތަމްރީނުތަކެއްގެ ތެރޭގައި އެކުގައި ޓޭންކަރެއް ދުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 މާރިޗު 2026 - 03:43
ލީޑަރު ކިމް އާއި ދަރިކަނބަލުން އަސްކަރީ ތަމްރީނުތަކެއްގައި ޓޭންކަރެއް ދުއްވައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އޭނާގެ ފުރާވަރުގެ ދަރިކަނބަލުން އެކުގައި ޓޭންކަކަށް އަރައިވަޑައިގެން ތިއްބަވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހުކުރު ދުވަހު އާންމުކޮށްފިއެވެ. މިއީ ރޮކެޓް އުދުއްސާލުމާއި ފިސްތޯލަ ޖެހުމުގެ ހަރަކާތްތަކެއް އެ ދެބަފައިން ބައްލަވާލެއްވިތާ މަދު ދުވަސްކޮޅެއް ފަހުން ފެނިގެންދިޔަ މަންޒަރެކެވެ.

އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީ (ކޭ.ސީ.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ޓޭންކް ޔުނިޓްތަކާއި އިންފެންޓްރީ ސިފައިން ބައިވެރިވި ބަޑިޖެހުމުގެ ތަމްރީނުތައް ކިމް ވަނީ ސީދާ ބައްލަވާލައްވާފައެވެ. އަދި ހަނގުރާމައަށް ތައްޔާރުވުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޭ.ސީ.އެން.އޭ އިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ލެދަރ ޖެކެޓް ތުރުކުރައްވައިގެން ތިއްބެވި ކިމް އާއި އޭނާގެ ދަރިކަނބަލުން، ބުރާސްފަތި ދުވަހުގެ ތަމްރީނުތަކުގެ ތެރޭގައި އެހެން ސިފައިންނާއެކު ފެހި ކުލައިގެ ޓޭންކެއްގައި ތިއްބެވިއެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ކިމް ޓޭންކުގެ މަތީގައި ހިނިތުންވެވަޑައިގެން އިންނެވިއިރު، އޭނާގެ ދަރިކަނބަލުން ހުންނެވީ ޓޭންކުގެ މަތީ ބޯކަނޑާފައިވާ ދިމާލުން ބޯ ބޭރަށް ނެރުއްވައިގެންނެވެ.

Screenshot 2026-03-20 084214.png

ކިމް އާއި ދަރިކަނބަލުން ޓޭންކަރ ގައި

 

އުމުރުން ގާތްގަނޑަކަށް 13 އަހަރުގެ ކިމް ޖޫ އޭގެ ނަމުން ނަންދެވިފައިވާ މި އަންހެން ކުއްޖާ، 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާގެ ބައްޕައާއެކު އަސްކަރީ އަދި އެހެނިހެން މުހިންމު ހަރަކާތްތަކުން ފެންނަމުންދެއެވެ. މިއާއެކު، އޭނާއަކީ ކިމްގެ ވާރިސަކަށް ވެދާނެ ކަމަށް ބޭރުގެ ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން އޭނާއަށް ނިސްބަތްކޮށް ބުނަނީ ކިމް ޖޮންގް އުންގެ "އެންމެ ލޯބިވާ" ނުވަތަ "ގަދަރުވެރި" ދަރިފުޅު ކަމަށެވެ. އަދި އެ ދެބަފައިންގެ ގާތްކަން ހާމަކޮށްދޭ ގިނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް ދަނީ އާންމުކުރަމުންނެވެ.

ވޭތުވެދިޔަ ހަފުތާގައި، ލުއި ހަތިޔާރު އުފައްދާ ކާރުޚާނާއަކަށް ކުރެއްވި ޒިޔާރަތެއްގައި އެ ދެބަފައިން ވަނީ ފިސްތޯލަ ޖައްސަވާފައެވެ. އަދި ގިނަ ރޮކެޓްތައް އެއްފަހަރާ ފޮނުވާލާ ނިޒާމުތަކެއްގެ ޓެސްޓްތައް ވެސް ބައްލަވާލެއްވިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ކުއްޖާ ވަނީ ބައްޕައާއެކު ބެއިޖިންއަށް ޒިޔާރަތްކޮށްފައެވެ. އަދި އާ އަހަރުގެ ފާހަގަކުރުންތަކުގެ ތެރޭގައި އޭނާ ވަނީ ބައްޕަގެ ކޮލަށް ބޮސްދީފައެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން މިދިޔަ މަހު އަންދާޒާކޮށްފައިވާ ގޮތުގައި، ކިމް ޖޮންގް އުން ހުންނެވީ އޭނާގެ ދަރިކަނބަލުންނަކީ ވާރިސެއްގެ ގޮތުގައި ކަނޑައެޅުމާ ގާތްވެފައެވެ. ނަމަވެސް، ބައެއް މާހިރުން މިކަމާ ދެކޮޅު ހައްދަވައެވެ. އެއީ ކިމް ޖޮންގް އުންގެ އުމުރުން އަދި ޒުވާންވުމާއި، އުތުރު ކޮރެއާގެ ބާރުގެ އޮނިގަނޑަކީ ފިރިހެނުންގެ ނުފޫޒު އިންތިހާއަށް އޮންނަ ނިޒާމަކަށް ވާތީއެވެ.

އުތުރު ކޮރެއާގެ މި ތަމްރީނުތައް ކުރިއަށް މިދަނީ، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ އަހަރީ އަސްކަރީ ތަމްރީނުތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އުތުރު ކޮރެއާއިން މި ތަމްރީނުތައް ސިފަކުރަނީ އެ ގައުމަށް އަރައިގަތުމަށް ކުރާ ފަރިތަކުރުންތަކެއްގެ ގޮތުގައެވެ. އެމެރިކާ އާއި ދެކުނު ކޮރެއާއިން 11 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޮމްޕިއުޓަރު ސިމިއުލޭޓެޑް ކޮމާންޑް ޕޯސްޓް ތަމްރީނުތައް ބުރާސްފަތި ދުވަހު ނިންމާލާފައިވީ ނަމަވެސް، އަމަލީ މައިދާނުގެ ތަމްރީނުތައް އަދިވެސް ދަނީ ކުރިއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލީޑަރު ކިމް އާއި ދަރިކަނބަލުން އަސްކަރީ ތަމްރީނުތަކެއްގައި ޓޭންކަރެއް ދުއްވައިފިދުނިޔެ | 2 ގަޑިއިރު ކުރިންއުތުރު ކޮރެއާގެ ލީޑަރު ކިމް ފިސްތޯލަ ޓެސްޓު ކުރައްވައިފިދުނިޔެ | 8 ދުވަސް ކުރިންމައްސަލަ ހައްލުވަންދެން ރަޝިޔާއަށް އެއްބާރުލުން ދޭނަން - އުތުރު ކޮރެޔާ World | 8 މަސް ކުރިން