logo
Bank of Maldives

Bank of Maldives

ދުނިޔެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ހަތިޔާރު އުފައްދާ ކާރުޚާނާއަކަށް ކުރެއްވި ޒިޔާރަތެއްގައި ފިސްތޯލަ ޓެސްޓު ކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މާރިޗު 2026 - 02:24
ލީޑަރ ކިމް ފިސްތޯލަ ޓެސްޓް ކުރައްވަނީ، ފޮޓޯ: ރޮއިޓާސް
ލީޑަރ ކިމް ފިސްތޯލަ ޓެސްޓް ކުރައްވަނީ، ފޮޓޯ: ރޮއިޓާސް

 

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބުދަ ދުވަހު ހަތިޔާރު އުފައްދާ ކާރުޚާނާއަކަށް ޒިޔާރަތް ކުރެއްވި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ ކޭ.ސީ.އެން.އޭ އިން ރިޕޯޓުކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި އޭނާގެ ފުރާވަރުގެ ދަރިފުޅާއެކު ކާރުޚާނާ ބައްލަވާލައްވާ މަންޒަރާއި، ދެބަފައިން ފިސްތޯލަ ޓެސްޓު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާންމުކޮށްފައެވެ.

މި ޒިޔާރަތުގައި ކިމް ވަނީ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ބައްލަވާލައްވައި، އެ މަސައްކަތްތައް ޒަމާނީ ކުރުމަށް ގޮވާލައްވާފައި ކަމަށް ކޭ.ސީ.އެން.އޭ އިން ބުންޏެވެ.

ކޭ.ސީ.އެން.އޭ އިން ބުނި ގޮތުގައި، "ދުރު ރާސްތާއަކަށް ވިސްނައިގެން" ކާރުޚާނާގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ކިމް ބާރުއެޅުއްވިއެވެ.

ނިއުކްލިއާ ހަތިޔާރު ހުރި އެ ގައުމުގެ އަސްކަރީ ގާބިލުކަން ދައްކާލުމަށް ގިނަގިނައިން މަސައްކަތް ކުރައްވާ ކިމް، ދާދި ފަހުން އަލަށް ބޭނުންކުރަން ފެށި މަނަވަރަކުން ކްރޫޒް މިސައިލެއް ޓެސްޓު ކުރި މަންޒަރު ބައްލަވާލައްވަނިކޮށް ފެނިފައިވާ ކަމަށް ވެސް ކޭ.ސީ.އެން.އޭ އިން ރިޕޯޓުކޮށްފައިވެއެވެ.

Screenshot 2026-03-12 072812.png

ލީޑަރ ކިމް ދަރިކަނބަލުންނާއެކު ހަތިޔާރު އުފައްދާ ކާރުޚާނާގައި، ފޮޓޯ: ރޮއިޓާސް

 

ދައުލަތުގެ މީޑިއާގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ކިމްގެ ދަރިފުޅު ޖޫ އޭ ވަނީ ހަތިޔާރު އުފައްދާ ކާރުޚާނާއަށް ކުރެއްވި މި ޒިޔާރަތުގައި ބައްޕައާއެކު ބައިވެރިވެފައެވެ. ދެބަފައިން ވެސް ތިއްބެވީ ކަޅު ކުލައިގެ ލެދަރ ޖެކެޓް ތުރުކުރައްވައިގެންނެވެ. އަދި އަސްކަރީ އޮފިޝަލުންނާއެކު ޖޫ އޭ ބަޑިޖެހުމުގެ ތަމްރީނެއްގައި ބައިވެރިވާ މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.

Screenshot 2026-03-12 072753.png

ލީޑަރ ކިމް ހަތިޔާރު ޓެސްޓް ކުރައްވަނީ، ފޮޓޯ: ރޮއިޓާސް

 

ޖޫ އޭ އަކީ ކިމްގެ ފަހުން ވެރިކަމަށް އަންނާނެ ފަރާތެއްގެ ގޮތުގައި ތައްޔާރުކުރެވެމުންދާ ކުއްޖެއް ކަމަށް ބެލެވޭ ކަމުގެ ވާހަކަތައް ވަނީ ފެތުރިފައެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސް (އެން.އައި.އެސް) އިން މިދިޔަ މަހު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދިން ގޮތުގައި، ކިމްގެ ދަރިފުޅު ސިޔާސީ ކަންކަމުގައި ލަފާދެމުންދާ ކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ. މިއީ އޭނާއަކީ "އެތެރެއިން ކަނޑައެޅިފައިވާ ވަލީއަހުދު" ކަމުގެ މަރުހަލާގައި ހުރި ކަމުގެ ހެއްކެއް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުތުރު ކޮރެއާގެ ލީޑަރު ކިމް ފިސްތޯލަ ޓެސްޓު ކުރައްވައިފިދުނިޔެ | ގަޑިއިރެއް ކުރިންމައްސަލަ ހައްލުވަންދެން ރަޝިޔާއަށް އެއްބާރުލުން ދޭނަން - އުތުރު ކޮރެޔާ World | 8 މަސް ކުރިން