logo
Bank of Maldives

Bank of Maldives

ދުނިޔެ

މީގެ ކުރިން ދީފައިނުވާ ވަރުގެ ވަރުގަދަ ހަމަލާއެއް ޔޫކްރެއިނަށް،

އަޙްމަދު ޒަލީފް
7 ސެޕްޓެމްބަރު 2025 - 16:25
މީގެ ކުރިން ދީފައިނުވާ ވަރުގެ ވަރުގަދަ ހަމަލާއެއް ޔޫކްރެއިނަށް،

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން މީގެ ކުރިން ދީފައި ނުވާ ވަރުގެ ވަރުގަދަ ޙަމަލާއެއް ޔޫކްރެއިންއަށްދީ، ޔޫކްރެއިންގެ ސަރުކާރުގެ މައި އިމާރާތަށް ބޮޑެތި ގެއްލުންތައް ދީފިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ދިން ޙަމަލާގައި ހަތަރު މީހުން މަރުވެ، އެ ޤައުމުގެ އުތުރާއި ދެކުނާއި އިރުމަތީ ސަރަޙައްދުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ތެރޭގައި ޒަޕޮރީޖާއާއި ކްރީވީ ރީހާއި އޮޑެސާގެ އިތުރުން ސޫމީ އަދި ޗާނީހެވް ސަރަޙައްދު ހިމެނެއެވެ. އެ ސަރަޙައްދުތަކުަގައި މީހުން ދިރިއުޅޭ އިމާރަތްތަކަށް ޙަމަލާތަކުގައި ގެއްލުން ލިބިފައިވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ މާ ކުރިންސުރެ ސުލްޙަވެވެން އޮއްވައި މި ފަދަ ގޮތަކަށް ރަޝިޔާއިން މީހުން މެރުމަކީ އެ ޤައުމުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށާއި އެއީ ހަނގުރާމައިގެ ނިމުން ފަސް ކުރުމަށް ކުރާ މަސައްކަތެއް ކަަމަށެވެ. އޭނާ ވަނީ ޔޫކްރެއިނަށް ވާގިވެރިވާ ޤައުމުތަކުގެ ކިބައިން ޔޫކްރެއިންގެ ވައިގެ ދިފާޢު ވަރުގަދަ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ޔޫކްރެއިނުން ބުނީ ރަޝިޔާއިން ދިން ހަމަލާގައި ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ. ޙަމަލާގެ ސަބަބުން ސަރުކާރުގެ މައި އިމާރާތުގައި ވަނީ ރޯވެފައެވެ.

ޔޫކްރެއިންގެ ބޮޑުވަޒީރު ޔޫލިއާ ސްވީރީދެންކޯ ވިދާޅުވީ މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ވެރިރަށް ކީއެވްގައި ހުންނަ ސަރުކާރުގެ މައި އިމާރާތަށް ޙަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު ކަމަށެވެ. 

ރަޝިޔާއިން ދިން އެންމެ ފަހުގެ ޙަމަލާތަކުގައި 805 ޑްރޯންއާއި 13 މިސައިލު ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ޙަމަލާއެއް ދިނުމަށް ރަޝިޔާއިން ބޭނުންކޮށްފައިވާ އެންމެ ގިނަ ޢަދަދުގެ ޑްރޯނެވެ. ޔޫކްރެއިނުން ވަނީ އޭގެ ތެރެއިން 751 ޑްރޯންއާއި ހަތަރު މިސައިލް ވައްޓާލައިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީގެ ކުރިން ދީފައިނުވާ ވަރުގެ ވަރުގަދަ ހަމަލާއެއް ޔޫކްރެއިނަށް، ދުނިޔެ | މަހެއް ކުރިންޔޫކްރެއިން އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހަނގުރާމަ ހުއްޓާލުން - ޓްރަމްޕް ދުނިޔެ | 2 މަސް ކުރިންމައްސަލަ ހައްލުވަންދެން ރަޝިޔާއަށް އެއްބާރުލުން ދޭނަން - އުތުރު ކޮރެޔާ World | 3 މަސް ކުރިންއެމެރިކާގެ މިސައިލް ސްޓޮކް ދަށަށް ގޮސް، ޔޫކްރެއިންއަށް މިސައިލް ލިބުން މަޑުޖެހިއްޖެ World | 3 މަސް ކުރިން