ރަޝިޔާއިން ޔޫކްރެއިންއަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު ތިން މީހަކު މަރުވެއްޖެ
23 ޑިސެމްބަރު 2025 - 10:01

ރަޝިޔާއިން ޔޫކްރެއިންއަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު ތިން މީހަކު މަރުވެއްޖެއެވެ.
ރަޝިއާގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގެ ޒައިޓޮމިރް ސަރަހައްދުގައި ދިން ހަމަލާތަކުގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ހިމެނޭ ގޮތަށް ތިން މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

Ad by Hajj Corporation
ޔޫކްރެއިންގެ އެނާޖީ މިނިސްޓްރީން ބުނީ ރަޝިއާ އިން އަނެއްކާވެސް ހަކަތަ އުފައްދާ ތަންތަނަށް ހަމަލާ ދިނުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
ޕޮލެންޑާއި ޔޫކްރެއިންގެ ބޯޑަރު ކައިރިން ދިން ހަމަލާތަކާ ގުޅިގެން ޕޮލެންޑުގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕޮލެންޑާއި އެލައިޑްގެ މަތިންދާބޯޓުތައް ވަނީ ފޮނުވާފައެވެ.
މި ހަމަލާތައް ދީގައި މިވަނީ ޔޫކްރެއިންއާއި ޔޫރަޕްގެ ވަފުދުތަކާއެކު އެމެރިކާގެ އޮފިޝަލުން ބައްދަލުކޮށް، ރަޝިޔާގެ މަންދޫބުންނާ ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވިތާ ދެ ދުވަސް ފަހުންނެވެ.
މިހަމަލާތަކަށް ފަހު ޔޫކްރޭނުންވެސް ވަނީ ރަޝިޔާއަށް ހަމަލާދޭން މަސައްކަތް ފަށާފައެވެ. މިބައްދަލުވުންތަކަކީ ސަރަހައްދީ ސުލްހަމ ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެއް ކަމަށް ވެއެވެ.
ރަޝިޔާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާ އިން އުދުއްސާލި 44 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރަޝިއާގެ ބެލްގޮރޯޑް ސަރަހައްދަށް ހަމަލާ ދިނުމަށް ޔޫކްރެއިން ސިފައިން ވަނީ 17 ޑްރޯން ފޮނުވާފައެވެ.
ރޮސްޓޯވް ސަރަހައްދަށް ފޮނުވާލި 14 އުޅަނދެއް ވައްޓާލާފައިވާއިރު، ސްޓަވްރޮޕޯލް ސަރަހައްދުން ހަތް ޑްރޯން، ރަޝިއާގެ ކުރުސްކް އަދި ވޮރޮނޭޒް ސަރަހައްދުގެ އިތުރުން ރަޝިއާގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ކްރައިމިއާ ސަރަހައްދަށް އަމާޒުކުރި 1 ޑްރޯން ވައްޓާލާފައިވެއެވެ.


