logo
World

އެމެރިކާގެ މިސައިލް ސްޓޮކް ދަށަށް ގޮސް، ޔޫކްރެއިންއަށް މިސައިލް ލިބުން މަޑުޖެހިއްޖެ

އަޙްމަދު ޒަލީފް
5 ޖުލައި 2025 - 09:58
އެމެރިކާގެ މިސައިލް ސްޓޮކް ދަށަށް ގޮސް، ޔޫކްރެއިންއަށް މިސައިލް ލިބުން މަޑުޖެހިއްޖެ

އެމެރިކާގެ މިސައިލް ސްޓޮކު ދަށަށް ގޮސްފައިވާތީ އެ ޤައުމުން ޔޫކްރެއިނަށް މިސައިލް ފޯރުކޮށްދިނުން ކޮންމެވެސް ވަރަކަށް މަޑުޖައްސާލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ރަޝީޔާއިން ޔޫކްރެއިން އަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ޓްރަމްޕްއާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާއިރު އެ މަޝްވަރާތަކުގައި ޔުކްރެއިނުން އެ ޤައުމުގެ ވައިގެ ސަރަޙައްދު ދިފާޢު ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ދެ ޤައުމުން މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒެލެންސްކީ ވިދާޅުވީ ދިފާޢީ އާލާތްތައް ތަރައްޤީކުރުމަށް ދެ ޤައުމުން އެކުގައި މަސައްކަތްކުރުމާއި ދެ ޤައުމުން އެކުގައި ހަތިޔާރު ގަތުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. 

2022 ވަނަ އަހަރު ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ފެށި ހަނގުރާމައިގައި މިހާތަނަށް ދީފައި ނުވާވަރުގެ ނުރައްކާތެރި ޑްރޯން ޙަމަލާއެއް ރަޝިޔާއިން ޔޫކްރެއިންއަށް ދީފިއެވެ. އެ ޙަމަލާ ދީފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެ ބޭފުޅުން ފޯނު މެދިވެރިކުރައްވައި ވާހަކަ ދެއްކެވިތާ މަދު ގަޑިއިރުކޮޅެެއްގެ ތެރޭގައެވެ.

ރަޝިޔާއިން ދިން ނުރައްކާތެރި ޙަމަލާގައި 23 މީހުންނަށް ޒަޅަމުވެ، އެކަކު ވަނީ މަރުވެފައެވެ. ހަވީރުގެ ވަގުތެއްގައި ދޭން ފެށި އެ ޙަމަލާ ގިނަ ވަގުތުތަކަކަށް ދެމިގެން ދިޔައެވެ. އެ ގޮތުން ރަޝިޔާއިން ޙަމަލާދިނުން ހުއްޓާލާފައި ވަނީ އަނެއް ދުވަހު އިރުއަރަން ގާތްވެފައި ވަނިކޮށެވެ. ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނީ ޙަމަލާ ދިނުމަށް ރަޝިޔާއިން 539 ޑްރޯންއާއި 11 މިސައިލް ބޭނުންކޮށްފައިވާ ކަމަށެވެ.

މަލާތަކާ ގުޅިގެން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޔޫކްރެެއިންގެ ޑްރޯން އުފައްދާ ކާރުޚާނާއަކާއި ވައިގެ އސްކަަރީ މަރުކަޒަކާއި ތެޔޮ ކާރުޚާނާއަކަށް ޙަމަލާގައި ގެއްލުން ދީފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް އަސްކަރީ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް ޔޫކްރެއިނުން މިހާތަނަށް ބުނެފައެއް ނުވެއެވެ.

ފާއިތުވި ހަފްތާތަކުގައި ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ވަނީ އިތުުރަށް ވަރުގަދަކޮށްފައެވެ. އެއާއެކު ޔޫކްރެއިނުން ވަނީ ރަޝިޔާއާ ދެކޮޅަށް ބައިނަލްްއަޤްވާމީ ދުނިޔެެއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ގޮވާލައިފައެވެ. ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމުތައް ގިނަ ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫކްރެއިން އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހަނގުރާމަ ހުއްޓާލުން - ޓްރަމްޕް ދުނިޔެ | 12 ދުވަސް ކުރިންމައްސަލަ ހައްލުވަންދެން ރަޝިޔާއަށް އެއްބާރުލުން ދޭނަން - އުތުރު ކޮރެޔާ World | 2 މަސް ކުރިންއެމެރިކާގެ މިސައިލް ސްޓޮކް ދަށަށް ގޮސް، ޔޫކްރެއިންއަށް މިސައިލް ލިބުން މަޑުޖެހިއްޖެ World | 2 މަސް ކުރިންލުހާންސްކު އަލުން އަނބުރާ ރަޝިޔާގެ ބާރުގެ ދަށަށްWorld | 2 މަސް ކުރިން