logo
ކުޅިވަރު

ފަސް އަހަރުފަހުން އަހަރެންނަށް ވާނީ 22 އަހަރު، މުޅި ދުނިޔެ ތައްޔާރުވޭ، އަހަރެން ނުހިފޭއްޓޭނެ - ޔަމާލް

އަބްދުﷲ ޣާނިމް
2 ޖުލައި 2025 - 11:16
ލަމީން ޔަމާލް
ލަމީން ޔަމާލް

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އޭނާ އަކީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ކުޅުންތެރިއަކަށް ވެގެންދާނެ ކަމުގެ އިންޒާރު ދީފިއެވެ. އެނާ މިހެން ބުނެފައިވަނީ ބާސެލޯނާއިން މިއަދު އައު ޖޯޒީ ތައާރަފް ކުރުމަށް މީސްމީޑިޔާއަށް ދޫކޮށްލި ވީޑިއޯއެއްގައެވެ.

ބާސެލޯނާގެ 2025-26 ވަނަ އަހަރުގެ ހޯމް ކިޓް ނެރުމާ ގުޅިގެން ޕެޑްރީ، ރަފިންހާ، ލަމިން ޔަމާލް، ރޮބަޓް ލެވަންޑޮވްސްކީ، އަލެހާންޑްރޯ ބަލްދޭ އަދި ފަރމިން ލޯޕެޒް ބައިވެރިވެގެން ހެދި ވީޑިއޯއެއްގައި ލަމިން ވަނީ މި ވާހަކަތައް ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި ޖާޒީ ވަރަށް ރީތި. މީގެ ވަހުންވެސް ޗެމްޕިއަންސް ލީގް ދުވާ ވަސް އެބަ ދުވޭ," ލަމިން ބުނި އެވެ. "ޙަޤީޤަތުގައި އަހަރެމެން އަބަދުވެސް ކުޅެނީ ރަނގަޅަށް. ބާސާ އަބަދުވެސް ކުޅެނީ ރަނގަޅަށް. ސުޕަރ ކަޕް ކާމިޔާބު ކުރިއިރު އެއީ ވަރަށް ރީތި ތަޖުރިބާއެއް."
އެންމެ ސަމާލުކަން ލިބުނު ވާހަކައަކީ ލަމިން ދެއްކި ކުރިމަގާ ބެހޭ ވާހަކައެވެ. "ފަސް އަހަރު ފަހުން އަހަރެންނަށް ވާނީ 22 އަހަރު. ބާސެލޯނާ އާއި މުޅި ދުނިޔެ ތައްޔާރުވާން ވެއްޖެ. އަހަރެން ވާނީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ކުޅުންތެރިއަކަށް," އޭނާ ބުންޏެވެ.

 

މިހާރުވެސް 16 އަހަރުގެ އުމުރުގައި ބާސެލޯނާގެ ފުރަތަމަ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ލަމިން ޔަމާލްގެ މި ބަސްތަކުން ދޭހަވަނީ ކުރިއަށް އޮތް އަހަރުތަކުގައި އޭނާގެ ކުޅުން އިތުރަށް ފުރިހަމަވެގެންދާނެ ކަމުގެ އިޝާރާތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެރާރީގެ ތެޔޮހުސްނުވަނީސް ޔަމާލްގެ މަންޖެ ބެޗީތަ؟ކުޅިވަރު | 3 ދުވަސް ކުރިންވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފިކުޅިވަރު | 5 ދުވަސް ކުރިންލަޕޯޓާ ބަނޑުއަޅައިފި! ބާސާއަށް ކޭމްޕްނޫގައި ކުޅުމުގެ ހުއްދަ ލިބުނުކަން ރަސްމީކޮށް އިޢުލާނުކުރަނީކުޅިވަރު | 7 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 8 ދުވަސް ކުރިން