6 ރަށެއްގައި ޕޮލިސް ސްޓޭޝަނާއި 2 ރަށެއްގެ ޕޮލިސް އެކޮމަޑޭޝަން ގާއިމުކުރަން ހުޅުވާލައިފި


02 ޖުލައި 2025 - 12:31
02 ރަށެއްގައި ފުލުހުންގެ އެކޮމަޑޭޝަން އިމާރާތް ކުރުމުގެ މަސައްކަތާއި، 06 ރަށެއްގައި ފުލުހުންގެ އިމާރާތެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ޕޮލިސް އެކޮމަޑޭޝަން އިމާރާތް ޤާއިމްކުރާ ރަށްތަކަކީ: - ހއ. ދިއްދޫ - ހދ. ކުޅުދުއްފުށި
އަދި ޕޮލިސްޓޭޝަން އިމާރާތް ޤާއިމްކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:- ލ. މާވަށް- މ. މުލި- ރ. މަޑުއްވަރި- ށ. ފީވައް- ތ. ތިމަރަފުށި - ތ. ވޭމަންޑޫ
މި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެ ބީލަމަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށާއި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާނީ 22 ޖުލައި 2025 އަށްކަމަށް އިއުލާޏުގައިވެއެވެ. ފައިސާ ދައްކަންޖެހޭނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި މަޝްރޫޢުތަކަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:00 ގައެވެ. ބިޑް ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ.
މި މަޝްރޫޢުތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެކި ރަށްރަށަށް ކަނޑައަޅާފައިވަނީ އެކި އަދަދުތަކެވެ. އެގޮތުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މ. މުލި އަދި ތ. ވޭމަންޑޫގެ މަޝްރޫޢުއަށެވެ. އެއިން ކޮންމެ މަޝްރޫޢުއަކަށް 212,500 (ދެ ލައްކަ ބާރަ ހާސް ފަސްސަތޭކަ9 ރުފިޔާވަނީ ކަނޑައަޅާފައެވެ.