ހަނގުރާމައިގެ ދުވަސްވަރު ހުރްމުޛް ކަނޑުއޮޅި ބަންދުކުރަން އިރާނުން ނިންމި


02 ޖުލައި 2025 - 13:05
އިސްރާއީލުން އިރާނަށް ހަމާލާދިން ދުވަސްވަރު އިރާނާއި އޮމާނާ ދެމެދުގައި އޮތް ހުރްމުޛް ކަނޑުއޮޅިއަށް ގޮވާތަކެތި އަޅައި، އެ މަގު ބަންދު ކުރުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ތައްޔާރުވި ކަމުގައި މީޑިއާ ރިޕޯޓުތަށް ބުނެފިއެވެ.
ގަލްފް ކަނޑާއި އޮމާން ކަނޑު އަދި އަރަބި ކަނޑު ގުޅުވާލަދޭ މި ކަނޑުއޮޅިން ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުތައް ދަތުރުކުރެއެވެ.
ހުރްމުޛް ކަނޑުއޮޅި ބަންދުކުރަން އިރާނުން ނިންމީ އިސްރާއީލުގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަނުމުންނެވެ.
12 ދުވަހަށް ދިގު ދެމިގެންދިޔަ މި ހަނގުރާމަ ފެށީ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ.
އެމެރިކާއިން ބުނީ އެގައުމުން އިރާނާ ދެކޮޅަށް ހަމަލާ ދިނުމުން އީރާނުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް ގިނަ އަދަދެއްގެ މައިން ބަރުކޮށް އެ ކަނޑު އޮޅި ބަންދުކުރުމަށް ތައްޔާރުވިކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލެއްގެ މައްޗަށް ބޭނުން ކުރާ ތެލުގެ ފަސްބައި ކުޅަ އެއްބައި އުފުލަނީ މި ކަނޑުއޮޅިންނެވެ. އިސްރާއީލު- އިރާނު ހަނގުރާމައާއެކު ތެލުގެ އަގު ބޮޑުވި ނަމަވެސް ފަހުން ވަނީ އެ އަދަދުތައް ދަށަށް ގޮސްފައެވެ. އީރާނުން އެ ކަނޑު އޮޅި ބަންދުކޮށްފިނަމަ ތެލުގެ އަގު މައްޗަށް ހިނގައިދާނެކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން އޭރު ދިޔައީ ދެމުންނެވެ.
އިތުރު ލިޔުންތައް

އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔާވެއްޖެ
20 ދުވަސް ކުރިން
އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ
19 ދުވަސް ކުރިން