logoEN
ޚަބަރު

ފިއުޗާ-ރެޑީ ޔޫތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

02 ޖުލައި 2025 - 16:34

ފިއުޗާ-ރެޑީ ޔޫތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑެވެލޮޕްމެންޓް ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީ އިން ބުނީ މި ޕްރޮގްރާމަކީ އެ މިނިސްޓްރީ ގެ ދަށުން ތަންފީޒުކުރަމުންދާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓްގެ ފަރާތުން ވަރލްޑް ބޭންކުގެ އެހީއާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ އިގުތިޞާދަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމެވެ. އަދި އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭނީ ނޭޝަނަލް ކެރިއާސް ސާވިސްގެ ޖޮބް ސެންޓާ ޕޯޓަލް އިންނެވެ.

މި ޕްރޮގްރާމްގައި ކުރިއަށްގެންދާ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭ ގޮތަށް ހިންގާ ކޯސްތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ކޯސްތަކާއި ކޯސްތައް ކުރިއަށް ގެންދާ ރަށްތައް
  1. ނޭޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިން – ދ.ރިނބުދޫ، ކ. މާލެ
  2. ނޭޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ – ދ.ކުޑަހުވަދޫ
  3. ނޭޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިން – ބ.ފުޅަދޫ،ވ.ކެޔޮދޫ
  4. ނޭޝަނަލް ސެޓްފިކެޓް 3 އިން އެއާޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސް – ސ.ހިތަދޫ، ކ.މާލެ
  5. ނޭޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް ސާވިސެސް – ކ.ދިއްފުށި، ކ.މާލެ
  6. ނޭޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ – ކ. މާލެ
  7. ނޭޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓު-ޓު- ވެލްތު – ނ.ޅޮހީ، ކ.މާލެ
  8. ނޭޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމެންޓް – ކ.މާލެ
  9. ނޭޝަނަލް ސެޓްފިކެޓް 3 އިން ޓުއާ ގައިޑިން – ކ. ހިންމަފުށި، ކ.މާލެ
  10. ނޭޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއާރިން – ކ.މާލެ
  11. ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން – ކ.މާލެ
  12. ނޭޝަނަލް ސެޓްފިކެޓް 3 އިން އިވެންޓް މެނޭޖްމަންޓް – ހދ. ކުޅުދުއްފުށި، ކ. މާލެ
  13. ނޭޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް – ހއ. ހޯރަފުށި، ނ. މިލަންދޫ
  14. ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިންގް – ރ.ދުވާފަރު، ކ.މާލެ
  15. ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގް – ގދ. ތިނަދޫ، ފުވައްމުލައް
  16. ނޭޝަނަލް ސެޓްފިކެޓް 3 އިން ސުކޫލު ލެބޯޓަރީ ޓެކްނީކްސް – ކ. މާލެ
  17. ނޭޝަނަލް ސެޓްފިކެޓް 3 އިން ގެސްޓްހައުސް އޮޕަރޭޝަންސް – ބ. ކިހާދޫ، ހ.ކެލާ

ކޮމެންޓް

871x217_placeholder