logo
E-Platinum
ޚަބަރު

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ހުސައިން ވަސީމް
3 ޖުލައި 2025 - 06:20
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ކޮށްފައިވާ ދައުވާތަށް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައި ވަނީ އޭނާގެ ބައްޕަ 2017 ވަނަ އަހަރު ވިލިމާލޭގައި ހުންނަ ކޯސްޓުގާޑް ބިލްޑިންގް ގައި ދިރިއުޅުނު ކަމަށް ބުނާ މައްސަލައެއްގަ އެވެ.

އެ މައްސަލާގައި އެކަށީގެންވާވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ އޮކްޓޫބަރު 1 ވަނަ ދުވަހު ނިންމާފަ އެވެ. ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެހެން ނަމަވެސް ދައުލަތުން ދައުވާ އަނބުރާ ގެންގޮސްފައިވާތީ ހައި ކޯޓުން ވަނީ މައްސަލަ ބާތިލްކޮށްފަ އެވެ.

ޕީޖީ އޮފީހުން ދައުވާ އަނބުރާ ގެންދަން ނިންމާފައިވަނީ މި މައްސަލައިގެ ހާދިސާ ހިނގައިދިޔަ ފަހުން ހަތް އަހަރު ފާއިތުވެފައިވާތީ އާއި ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅާފައިނުވާތީ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ އެމްއާރުސީސީގެ ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެމްބަރު 2018ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާކަން އިނގޭ ކަމަށެވެ. އަދި ޝިޔާމްގެ ބައްޕަ ބަލަހައްޓަން އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި އޮފިސަރެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލަ މީގެ ކުރިން އޭސީސީ އަށް ވެސް ހުށަހަޅާފައިވެ އެވެ. އޭސީސީން ނިންމާފައި ވަނީ މި މައްސަލަ އަކީ ކޮރަޕްޝަން ނުހިމެނޭ މައްސަލަ އެއްކަމަށެވެ. އޭސީސީން މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ވިލިމާލޭ ކޯސްޓުގާޑް ބިލްޑީންގް ގައި ހުންނަ ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ހާއްސަ މެހުމާނުން ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަޞީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ.

 

 

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފިޚަބަރު | 14 ދުވަސް ކުރިންޓެގު އެޅުވުމަށްފަހު 10 މީހަކު ދޫކޮށްލައިފި ޚަބަރު | 25 ދުވަސް ކުރިންޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ސީދާ ބައިވެރިނުވާ މީހުންނަށް ދައުވާ ނުކުރަން ނިންމައިފިޚަބަރު | މަހެއް ކުރިންޔުމްނު ވެއްޓުނުކަން އެނގިހުރެ ރިޕޯޓުކޮށްފައިނުވާތީ ރައުދުގެ މައްޗަށް ދައުވާކޮށްފި ޚަބަރު | މަހެއް ކުރިން