logo
Bank of Maldives

Bank of Maldives

ޚަބަރު

ޔުމްނު ވެއްޓުނުކަން އެނގިހުރެ ރިޕޯޓުކޮށްފައިނުވާތީ ރައުދުގެ މައްޗަށް ދައުވާކޮށްފި

އާމިނަތު ޝަފާ
10 ޖޫން 2025 - 04:12
ޔުމްނު ވެއްޓުނުކަން އެނގިހުރެ ރިޕޯޓުކޮށްފައިނުވާތީ ރައުދުގެ މައްޗަށް ދައުވާކޮށްފި

ހެންވޭރު މީޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު، ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާ ވެއްޓުނުކަން އެނގިހުރެ އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ރައުދުގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ 18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް 4 ޖޫން 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ޕީޖީން ރައުދުގެ މައްޗަށް ދައުވާކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ.

 

ޕީޖީން ބުނީ ދަޢުވާކުރަނީ ރައުދު އަހްމަދު ޛިލާލް، 18 އެޕްރީލް 2025 ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީކަމަށެވެ.

 

މިކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 1 މަހާއި 6 ދުވަހަށް ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

 

 

މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އޮކްޓޯބަރު މަހު ވޭޕްއާ ގުޅޭ 25 މައްސަލައެއްޚަބަރު | 2 ދުވަސް ކުރިންރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންމަސްތުވާތަކެތި ހިފައިގެން ރަށަށް އެރިތަނުން "ޓިކްޓޮކް ބާއްކޮ" ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންމިިދިޔަ މަހު ގެއްލިގެންހޯދާފައިވާ މުދަލުގެ އަގު  ފަސް މިލިއަނަށް އަރާޚަބަރު | 3 ދުވަސް ކުރިން