ޓެގު އެޅުވުމަށްފަހު 10 މީހަކު ދޫކޮށްލައިފި
.jpg&w=3840&q=75)

22 ޖޫން 2025 - 05:58
ވާނުވާ ބަންދުގައި ތިބި 10 މީހަކު، އިލެކްޓްރޯނިކް ނިޒާމުގެތެރެއިން ޓެގް އަޅުވައި ދޫކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ފުރިހަމައަށް މޮނިޓަރ ކުރެވޭގޮތަށް މީހުން ދޫކުރަނީ. މިހާތަނަށް 10 މީހުން، ޓެގުއަޅުވައި ވަނީ ދޫކޮށްލާފައި. މީގެތެރޭގައިވެސް މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ދުލެއް ނުކުރާނެ. ޓެގުގެ ޒަރިއްޔާއިން ދޫކުރާ މީހުން ރަނގަޅަށް ބެލެހެއްޓޭނެ." އަލީ އިޙުސާން ވިދާޅުވިއެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، އެލުއި ދިނުމުގެ މަސައްކަތް މިދިޔަ މޭ މަހުވަނީ ފަށާފައެވެ. ވަޒީރު އިޙުސާން ވިދާޅުވީ، ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ޓެގު އަޅުވާ މީހުން ދޫކުރަން ފަށާފައިވާކަމަށެވެ. މި ޓެގަކީ، މީހާ ހަރަކާތްތެރިވާ ތަން 24 ގަޑިއިރު މޮނިޓަރކުރެވޭ ޑިވައިސްއެކެވެ. އަދި ހުއްދަދީފައިވާ ސަރަޙައްދުން ބޭރަށްދާ ނަމަވެސް، މިޑިވައިސްއިން އެލަރޓްކުރާނެކަމަށެވެ.
ޓެގުއެޅުވުމަށްފަހު މިމީހުން ދޫކޮށްލަނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަށް ރިޢާޔަތްކޮށެވެ.މިނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރާނެއެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
10 މަސް ކުރިން
އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި
10 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
10 މަސް ކުރިން