logoEN
ޚަބަރު

24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި މީހުންގެ އަދަދު 118 އަށް

އާމިނަތު ސަފާއާމިނަތު ސަފާ

03 ޖުލައި 2025 - 13:29

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 118 އަށް އަރައިފިއެވެ.

މީގެ ތެރޭގައި އެހީބަހާ މަރުކަޒުތަކަށް އެހީ ހޯދަން ދިޔަ 12 މީހަކު ހިމެނެއެވެ. ޔަހޫދީންގެ ހަމަލާތަކުގައި އިތުރު 581 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޣައްޒާއަށް ހުއްޓުމެއްނެތި ލާއިންސާނީ އުދުވާނުތައް ހިންގަމުން ދާއިރުވެސް ޔަހޫދީ ދައުލަތަށް އިތުރު 510 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެމެރިކާގެ ހާރިޖީ އިދާރާއިން ބުނީ، މި ނިންމުމުގެ ފަހަތުގައި އޮތީ، ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރީ ގާބިލުކަން އިތުރަށް ވަރުގަދަކޮށްގެން، މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތު ހިމާޔަތްކޮށް، ރައްކާތެރިކުރުން ކަމަށެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ އިން ބުނާ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 57,130 މީހުން ޝަހީދުވެފައިވާއިރު 134,592 މީހުން ވަނީ ޒަހަމްވެފައެވެ.

ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމުގައި ހަމާސްއިން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder