logoEN
ޚަބަރު

ފެނަކައިގެ މާލީ ހާލަތު ރަނގަޅުވެ، ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވިއްޖެ: އެމްޑީ ނަޖާހް

އާމިނަތު ސަފާއާމިނަތު ސަފާ

04 ޖުލައި 2025 - 05:05

ފެނަކައިގެ މާލީ ހާލަތު ރަނގަޅުވެ، ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވިއްޖެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ނަޖާހު ވިދާޅުވީ ފެނަކައިގެ އުމުރުން ހޭދަވި 13 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ ގޮތްގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމުގައެވެ. އެގޮތުން، އިއާދަކުރަނިވި ހަކަތަ ރަށްތަކަށް ތަޢާރަފުކުރުމާއި ފެނުގެ ނިޒާމު ހަރުދަނާކޮށް، ރަށްތަކަށް ކޮލިޓީ ފެން ފޯރުކޮށްދިނުމާއި، ނަރުދަމާ ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުންފަދަ ކަންކަން ފާހަގަކުރެއްވިއެވެ. އަދި، ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޚިދުމަތްތައް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ކުންފުނި ރީފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން އައިޓީ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ކުންފުނީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮޖެކްޓް މި އަހަރުގެ ތެރޭގައި ލޯންޗްކުރެވި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކުންފުނީގެ ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ނިންމާލެވޭނެ ކަމުގައިވެސް އެމްޑީ ނަޖާޙް ވިދާޅުވެފައިވެއެވެ. އަދި ކުންފުނީގެ މާލީ ކަންކަން ތަރުތީބުކޮށް، ކުންފުނީގެ ޚަރަދު ކުޑަކުރުމަކީ ކުންފުނި ސަސްޓެއިންކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅު ގޮތުގައި ކަނޑައަޅައި، އެކަން ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޚަރަދުތައް ކުޑަކުރެވިފައިވާ ކަމުގައިވެސް އެމްޑީ ވިދާޅުވިއެވެ. ފާއިތުވި އަހަރުގެ ތެރޭގައި ކުންފުނީގައި ކުރެވުނު އޮޕަރޭޝަންސް މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގެ އެކިއެކި ބްރާންޗްތަކަށް ޖުމްލަ 29 އައު ޖެނެރޭޓަރު ފޮނުވާފައިވާކަމަށާއި 22 ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުއިރު ޖެނެރޭޓަރު މިހާރުދަނީ އިންސްޓޯލްކުރެވެމުންކަން އެމްޑީ ފާހަގަކުރެއްވިއެވެ. އަދި 23 ޖެނެރޭޓަރުގެ އޯވަރހޯލް މަސައްކަތް ކުރެވިފައިވާއިރު، 86 ޖެނެރޭޓަރުގެ މެއިންޓެނަންސް މަސައްކަތްވަނީ ކުރެވިފައިކަމަށާއި އިތުރު 12 ޖެނެރޭޓަރުގެ މެއިންޓެނަންސް މަސައްކަތް މިހާރުދަނީ ކުރިއަށްކަން އެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމްޑީ ނަޖާހު ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން، ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ 178 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ރަށްރަށަށް މުދާ ފޮނުވަން ފަށާފައިވާކަމަށާއި މި ހިނގާ ޖުލައި މަހުގެ ތެރޭގައި މި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން، އެންމެ ބޮޑު އެއް ދަރަންޏެއް އޮތް ކުންފުންޏަކީ ފެނަކައެވެ. ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، އެތައް ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. އޭރު ސަރުކާރުން އަމާޒަކަށްވީ ކުންފުނީގެ ހިނގުން ހަރުދަނާކޮށް ނުކަތާވަރަށް ހަރަދު ބޮޑުވެފައިވާ ކުންފުނި އެކަށީގެންވާ މިންގަނޑަކަށް ފެއްތުމެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު، ފެނަކާގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ.

ކޮމެންޓް

871x217_placeholder