ސީ-ޓު-އެއަރ ކާގޯ: "މިއީ ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދާ ވަރަށް ބޮޑު އާރޯކަމެއް"


20 ސެޕްޓެމްބަރު 2024 - 10:18
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފުޅާވަމުންދާ ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ވިޔަފާރިއެއްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމް ވިދާޅުވެއްޖެއެވެ.އެމްޕީއެލުން ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތްދެމުން ދަނީ ޓާކިޝް އެއާލައިންސްއާއި ގަތަރު އެއާވޭސް އާއި ގުޅިގެންނެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް ލިބިގެންދާ ތަރުހީބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ 2 ދުވަސްތެރޭ 40 ފޫޓުގެ 7 ކޮންޓެއިނަރގެ މުދާ ޔޫރަޕަށް ފޮނުވާފައިވާ ކަމަށެވެ."ވަރަށް ބޮޑަށް ފުޅާވަމުން މިދަނީ، މިއީ ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދާ ވަރަށް ބޮޑު އާރޯކަމެއް،" ވަޖީހު ވިދާޅުވިއެވެ.
މި އަހަރުގެ މާޗުމަހު އެމް.ޕީ.އެލުން ތައާރަފްކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މި އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖެއިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަންވިލާތަށެވެ.ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެކަމަށެވެ.މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާއަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކަށް ދަތުރުކުރާނެއެވެ.
އިތުރު ލިޔުންތައް

މާލޭގެ ވިޔަފާރި ބަނދަރު، 2027 ގައި ތިލަފުއްޓަށް ބަދަލުކުރަނީ
7 މަސް ކުރިން
އިިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރަނީ
7 މަސް ކުރިން
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
6 މަސް ކުރިން