logo
ޚަބަރު

އިމާރާތްތައް ވަކި އުސްމިނެއްގައި ބިނާކުރުމަށް ސަމާލުކަންދޭން ޖެހޭ: މުއްޠަލިބް

ހުސައިން ވަސީމް
5 ޖުލައި 2025 - 10:50
އިމާރާތްތައް ވަކި އުސްމިނެއްގައި ބިނާކުރުމަށް ސަމާލުކަންދޭން ޖެހޭ: މުއްޠަލިބް

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ސަތަހަ އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް، އިމާރާތްތައް ބިނާކުރުމުގައި ވަކި އުސްމިނެއްގައި އިމާރާތްކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކާ ގުޅޭގޮތުން ސީދާ ކަމާބެހޭ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ފަދަ ބޭފުޅުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޯހިޔާވަހިކަމުގެ ދާއިރާއަށް މި ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ދިގުދެމިހުންނާނެ ބޯހިޔާވަހިކަމުގެ ހައްލުތައް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ހަޢްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

މުއްތަލިބް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ކަނޑުގެ ލުނުގަނޑު އުފުލުން ފަދަ ކަންކަމަށް ދިވެރާއްޖެ ފަދަ ގައުމުތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާ ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރާ އިރު ވަކި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ ވަކި އުސްމިނެއްގައި އިމާރާތްކުރަން ފަށަން ވިސްނަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެކަން ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާ ދައުލަތުގެ އިމާރާތްތައް ކުރާއިރު އެކަމަށް ވިސްނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަތޮޅުތަކުގެ ރައްތަކާއި މާލޭގައި ފެންބޮޑުވުން ފަދަ ކާރިސާތައް ދިމާވުން އާއްމުވެފައިވާއިރު، މިފަދަ ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ގެދޮރު ހެދުމުގައި މިކަންކަމަށް އިސްކަންދިނުމުގެ މުހިއްމުކަމަށް މިނިސްޓަރ އަލިއެޅުއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މިއަދަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ނ. އަތޮޅުގެ މުހިއްމުކަން ރަމްޒުކޮށްދޭ ދުވަހެއް"ޚަބަރު | 2 މަސް ކުރިންކުރީ ސަރުކާރުން ގޯތީގެ އެއްބަސްވުން ހެދީ ގާނޫނާ ފުށުއަރާގޮތަށް ޚަބަރު | 2 މަސް ކުރިންއިމާރާތްތައް ވަކި އުސްމިނެއްގައި ބިނާކުރުމަށް ސަމާލުކަންދޭން ޖެހޭ: މުއްޠަލިބްޚަބަރު | 2 މަސް ކުރިންދައުލަތުން ދޭ ލޯނަކީ ރައްޔިތުންނަށް ފަސޭހައިން ދެއްކޭ ލޯނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު: ވަޒީރުޚަބަރު | 2 މަސް ކުރިން