logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުން ދޭ ލޯނަކީ ރައްޔިތުންނަށް ފަސޭހައިން ދެއްކޭ ލޯނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު: ވަޒީރު

ހުސައިން ވަސީމް
5 ޖުލައި 2025 - 10:40
ދައުލަތުން ދޭ ލޯނަކީ ރައްޔިތުންނަށް ފަސޭހައިން ދެއްކޭ ލޯނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު: ވަޒީރު

ދައުލަތުން ރައްޔިތުންނަށް ދޫކުރާ ލޯނަކީ ރައްޔިތުންނަށް އެއްވެސް ބުރައަކަށް ނުވެ ދައްކަން ފަސޭހަ ލޯނަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ހިއްސާކުރުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ދައުލަތުން ދޫކުރާ ލޯނުތައް ރައްޔިތުންނަށް ލުއިފަސޭހަ އަދި ދައްކަން ފަސޭހަ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައެވެ.އެ އުސޫލުން 5 އިންސައްތަ ޕްރޮފިޓްގައި ލޯނު ސްކީމްތައް ހިންގަވާ ކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ސަރުކާރުގެ މަޤްސަދަކީ އިމާރާތްކޮށް، އެއަށް ސަބްސިޑައިޒްކޮށްގެން، ރައްޔިތުންނަށް ލުއި ފަސޭހަ އަދި ބަލައިގަނެވޭ އަގު ތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ސަރުކާރުން އަންނަނީ ކުޑަ އިންޓަރެސްޓު ރޭޓެއްގައި ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަމަށް ލޯނު ދޫކުރަމުންނެވެ. އެގޮތުން ގެދޮރު އެޅުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ހުޅުވާލި "ހިޔާވެހި" ލޯނު ސްކީމް ފާހަގަ ކޮށްލެވެ އެވެ. މި ލޯނަށް އެދި 2200 އަށްވުރެ ގިނަ މީހުން ހުށައަޅާފައިވެއެވެ.

ހިޔާވެހި ސްކީމަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ހުޅުވާލި ފުރުޞަތެކެވެ. މި ސްކީމް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މިއީ 5އިންސައްތައިގެ ޕްރޮފިޓް މާޖިންއެއްގައި، 25 އަހަރުން އަނބުރާ ދައްކާގޮތަށް ދޫކުރާ ފައިނޭޝަލް ފެސިލިޓީއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ ރައްޔިތުންގެ އަޑު އަހާ، އެކަމަށް މަސައްކަތްކޮށް، ޑެލިވަރ ކުރާ ސަރުކާރެއް: މުއްތަލިބުޚަބަރު | 2 މަސް ކުރިންއެންމެ ނިކަމެތި ޙާލުގައި އުޅޭ ޢާއިލާތަކަށް ބޯހިޔާވަހިކަން ލިބޭ އުސޫލެއް ހަދަނީޚަބަރު | 3 މަސް ކުރިންމި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން: ވަޒީރު މުއްތަލިބުޚަބަރު | 4 މަސް ކުރިންހިޔާވަހި ފައިނޭންސިންނަށް އެދި 2،200 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިޚަބަރު | 5 މަސް ކުރިން