logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން: ވަޒީރު މުއްތަލިބު

އައިޝަތު ނަޝާ
18 ޖެނުއަރީ 2026 - 06:10
މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން: ވަޒީރު މުއްތަލިބު

މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނެ ކަަމަށާއި 7،900 ފްލެޓަކީވެސް ފައިނޭންސް ޔަޤީންވެފައިވާ މަސައްކަތެއްކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ފުރަތަމަ ސްކީމަށް ހުޅުވާލާ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒިރު މުއްތަލިބު އިތުރަށް ވިދާޅުވީ، މި ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި މަޝްރޫޢެއް ނިންމާ ޢާއްމުންނަށް ބޯހިޔާވަހިކަމަށް ދީފައި ނެތްކަމަށާއި، އެކަން މި ސަރުކާރުން ބަދަލު ކުރާނެ ކަމަށްށެވެ. އަދި  ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން މިހާރު ތަރައްޤީކުރަން ނިންމާފައިވާ ހުރިހާ ބޯހިޔާވަހި ކަމަކީ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް ހަމަޖެހިފައިވާ މަސައްކަތްތަކެއް ކަން ވެސް ވަޒީރު ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން މިއީ އާއިލީ ބޯހިޔާވަހިކަމަށް ޚާއްޞަ ސްކީމެއް ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ފޯމު ހުށައެޅޭނެ ކަމަށާއި މިހާރު އިޢުލާނުކޮށްފައިވާ ގޯއްޗާއި ފްލެޓުތަކުގެ މަޝްރޫޢުއަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށް ވެސް ވަޒިރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެންމެ ފުރަތަމަ ސިޔާސަތަކީ އެންމެ ބޭނުންޖެހިފަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ވަޢުދަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ އެއްވެސް ރައްޔިތަކު ނުހުންނާނެކަން ކަށަވަރު ކުރުމެވެ. އެކަމަށް މަގުފަހިކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތައް ފަށާފަވަނީ އާބާދީ އެންމެ ބޮޑު މާލެ ސަރަޙައްދުގައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މާލެ ސަރަޙައްދުގައި އެކުއެކީގައި، ބިން ހިއްކުމާ ގުޅޭ ބިޔަ މަޝްރޫޢުތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އޭގެތެރޭގައި ހުޅުމާލެއިން ހިއްކާ 63 ހެކްޓަރުގެ ބިމާއި، ރަސްމާލެއިން ހިއްކާ 1،009 ހެކްޓަރު އަދި ގުޅީފަޅާއި ގިރާވަރުފަޅުގެ މަޝްރޫޢުވެސް ހިމެނެއެވެ. މާލެ ސަރަޙައްދުގައި އަންނަނީ 1،600 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ހިއްކަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން: ވަޒީރު މުއްތަލިބުޚަބަރު | ގަޑިއިރެއް ކުރިންހިޔާވަހި ފައިނޭންސިންނަށް އެދި 2،200 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިޚަބަރު | 21 ދުވަސް ކުރިންދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިން ބުރިޖު ނިމުނަސް،ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދެއްނުކުރަަން:ވަޒީރު މުއްތަލިބުޚަބަރު | 2 މަސް ކުރިން