logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ ރައްޔިތުންގެ އަޑު އަހާ، އެކަމަށް މަސައްކަތްކޮށް، ޑެލިވަރ ކުރާ ސަރުކާރެއް: މުއްތަލިބު

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މާރިޗު 2026 - 04:14
މިއީ ރައްޔިތުންގެ އަޑު އަހާ، އެކަމަށް މަސައްކަތްކޮށް، ޑެލިވަރ ކުރާ ސަރުކާރެއް: މުއްތަލިބު

މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި، އެކަމަށް މަސައްކަތްކޮށް، ނަތީޖާ ދައްކާ ސަރުކާރެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އަޅާ 1,224 އެފޯޑަބަލް ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ދަތި ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައްޓަންކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ބޭރުގެ ބޭންކުތަކުން އެހީ ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން އިސްކަންދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން އެމްއެމްއޭގެ ގަވާއިދުތަކަށް ބަދަލު ގެނެސް، ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުގެ ވަކި އިންސައްތައެއް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ. "މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު، ދައުލަތުގެ މުއައްސަސާތަކާއި ބީއެމްއެލް ފަދަ އިދާރާތަކުގެ އެއްބާރުލުމާއެކު ހޯދިފައިވާ އިޖާދީ ހައްލެއް،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ހައުސިން ޔުނިޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 'ލީސް ޓު އޯން' މޮޑެލްއަށެވެ. މިއީ އެއްފަހަރާ ބޮޑު ފައިސާގެ އަދަދެއް ދެއްކުމުގެ ބަދަލުގައި، ވަކި މުއްދަތަކަށް ކުލި ދައްކަމުން ގޮސް އަމިއްލަ ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ، ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުއަކީ ވެސް ސޯޝަލް ހައުސިން ސްކީމުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެއް ކަމަށެވެ. ތިން ކޮޓަރީގެ 3,260 ހައުސިން ޔުނިޓަކީ "ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމުގެ ދަށުން 60,000ރ. އަށް ވުރެ ދަށުން އާމްދަނީ ލިބޭ މީހުންނަށް ދޫކުރާނެ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ. އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި އުޅޭތާ 15 އަހަރު ވުމާއި މާލޭ މީހުންނަށް ވުމެވެ.

ގައުމީ ތަރައްގީގެ މިފަދަ މަސައްކަތްތަކުގައި މާލީ އިދާރާތަކާއި، ކޮންޓްރެކްޓަރުން އަދި ޑިވެލޮޕަރުން ބައިވެރިވުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. ސަރުކާރުން މިހާތަނަށް 7,900 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ބީއެމްއެލް މެދުވެރިކޮށް 3,260 ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރަސްމާލެ މަޝްރޫއު މަޖުބޫރު: މިނިސްޓަރު މުއްތަލިބްޚަބަރު | 11 ދުވަސް ކުރިންރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއްޚަބަރު | 11 ދުވަސް ކުރިންމަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ޓައިމްލައިންތަކަށް ދަނީ ބަދަލުގެންނަމުން: މިނިސްޓަރޚަބަރު | 16 ދުވަސް ކުރިން''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 24 ދުވަސް ކުރިން