ކުރީ ސަރުކާރުން ގޯތީގެ އެއްބަސްވުން ހެދީ ގާނޫނާ ފުށުއަރާގޮތަށް


07 ޖުލައި 2025 - 05:21
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ހަދާ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވިއިރު ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުން މިއަދު ކުރިއަށްދާނެކަމަށް ވުޒާރާއިން ވަނީ އަންގާފައެވެ.
ކުރީ ސަރުކާރުން ދޫކުރި ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ބާތިލު ކުރުމަށް ފަހު، މި ސަރުކާރުން އައު ރަޖިސްޓަރީ އާއި "ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރަން ފަށާއިރު، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަންތައްތަކެއް މިހާރު ބަދަލު ކޮށްފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން އަންނާތީ މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ ބަދަލުގެނެވުނީ ކުރީ ސަރުކާރުގެ އެއްބަސްވުންތަކުގައި ގާނޫނާ ފުށުއަރާ ކަންކަން ހުރުމުންކަމަށެވެ. އަދި ވަޒީރު ވަނީ ބިމާބެހޭ ގާނޫނު ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ މިކަމާ ގުޅިގެން ބިމާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ހ. އަދި ނ. އާ ފުށުއަރާގޮތަށް ކުރީ ސަރުކާރުން އެއްބަސްވުން އެކުލަވާލާފައިވާކަމަށް ވިދާޅުވެފައެވެ.
މި ގާނޫނުގެ ހ. ގައި ބުނެފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ މި ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށްކަމަށެވެ. ނަމަވެސް، މި ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުން ނުވަތަ ދޫކޮށްލުން ޝަރްޠުކޮށް އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
އަދި ނ. ގައި ބަޔާންކޮށްފައިވަނީ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެއްވެސް މީހަކަށް އެއްރަށަކުން ދިރިއުޅުމަށް އެއްގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެކަމަށެވެ. މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންކަމަށް ވަނީ ބަޔާންކޮށްފައެވެ.
ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން (30 މޭ 2025 ގައި ގެޒެޓްގައި ޝާއިޢުކުރި) ގެ ދަށުން، ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން، 30 މޭ 2025 ވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ވަނީ ގުރުއަތުލުމެއް ބާއްވާފައެވެ. މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލުވެ، ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެންގޮސްފައިވާކަމަށް ވުޒާރާއިން ބުނެއެވެ.
އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި:
1. އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ އެއް ފަރާތުގެ އައިޑީ ކާޑު ކޮޕީ.
2. ގޯތި ލިބޭ ފަރާތް/ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ، އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން ބަލައިގަނެވޭނެ).
- ވުޒާރާއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
- ވުޒާރާއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.
އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއަށް ވުޒާރާއިން އަންގާ ތަނަށް ވަޑައިގަންނަވާއިރު، އަންނަނިވި ލިޔެކިޔުންތަކުގެ އަސްލު ގެންދެވުމަށްވެސް ވަނީ އަންގާފައެވެ:
1. ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
2. ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ ޕަވަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ އަސްލު ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓްގެ އަސްލު ހިފައިގެން).
- ވުޒާރާ އާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ އަސްލު.
- ވުޒާރާއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" އަސްލު.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ ފަސް މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރެވިގެންދާނެ ކަމަށާއި، އެ ޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، "ހިޔާވެހި ޕޯޓަލް" އަދި އެސް.އެމް.އެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެކަމަށެވެ.
އިތުރު ލިޔުންތައް

ގަން އެއާޕޯޓުގެ މަގުހެދުމުގެ މައްސަލަ ހައްލުކޮށް މަޝްރޫއު ކުރިއަށް
3 މަސް ކުރިން
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް މި ދައުރުގައި ނިންމާނަން: މުއްޠަލިބް
2 މަސް ކުރިން.jpg&w=3840&q=75)
ގުޅިފަޅުގެ ހުރިހާ ގޯއްޗެއް ހިއްކާފައިވާ ސަރަހައްދުން ދޭގޮތަށް ބަދަލުކޮށްފި
2 މަސް ކުރިން