logo
Bank of Maldives

Bank of Maldives

ޚަބަރު

އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށްފި

އާމިނަތު ޝަފާ
6 ޖުލައި 2025 - 12:49
އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށްފި

ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމްކުރެވިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގްރީން ހައުސްތަކުގައި ކިއުކަމްބާ ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވެއެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ. އެރަށްތަކަކީ

ހދ. މަކުނުދޫ

ހދ. ނޭކުރެންދޫ

ހދ. ނޮޅިވަރަމްފަރު

ހދ. ވައިކަރަދޫ

ހއ. ކެލާ

ހއ. އުލިގަމު

ހއ. މޮޅަދޫ

ހއ. ފިއްލަދޫ

ށ. ނަރުދޫ.

ށ. ގޮއިދޫ

ށ. ފޯކައިދޫ

 

ގްރީން ހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންކަމަށް ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށްފިޚަބަރު | 9 މަސް ކުރިންދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު، އަދި ސިޓީ ކައުންސިލްތަކަށްޚަބަރު | އަހަރެއް ކުރިން