logo
ޚަބަރު

މިހާރު ކުރަމުންދަނީ ޤައުމީ އެއާލައިންގެ މަގާމަށް މޯލްޑިވިއަން ގެނައުމުގެ މަސައްކަތް

އާމިނަތު ޝަފާ
7 ޖުލައި 2025 - 04:56
މިހާރު ކުރަމުންދަނީ ޤައުމީ އެއާލައިންގެ މަގާމަށް މޯލްޑިވިއަން ގެނައުމުގެ މަސައްކަތް

މިހާރު ކުރަމުންދަނީ ޤައުމީ އެއަރލައިންގެ މަގާމަށް މޯލްޑިވިއަން ގެނައުމުގެ މަސައްކަތްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން) ގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް ބިލްޑިން، "އަލީ ފިރާޤް އިންޖިނިއަރިން ސަރވިސް ބިލްޑިން" ގެ ނަމުގައި ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި އިމާރާތާއި ފެސިލިޓީ ތައްޔާރުކުރުމަށް 10 ވަރަކަށް އަހަރު ނެގިކަމަށެވެ. މިތަން ހުޅުވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ މިއަދު މިކަންކަމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރުން މިހާރު ކުރަމުންދަނީ މޯލްޑިވިއަންއަކީ ޤައުމީ އެއަރލައިނަށް ވުމާއިއެކު، ޤައުމީ އެއަރލައިންގެ މަގާމަށް އެއަރލައިން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު މި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުންކަމަށާއި މިފަދަ މެއިންޓަނަންސް ފެސިލިޓީއެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އަދި ކުރަމުންދާ ޚަރަދުތަކަށް ލުއިތަކެއް ލިބި، ސަލާމަތާއި ރައްކާތެރިކަންވެސް އިތުރުވެގެންދާނެ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް އަންނަ ގިނަ އެއަރލައިންތަކެއްގެ މެއިންޓަނަންސްގެ ޚިދުމަތް މޯލްޑިވިއަނުން ދެމުންދާއިރު، މި އައު ސަރވިސް ފެސިލިޓީއާއެކު މިކަމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި އިމާރާތް ހުޅުވާފައިވަނީ، އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ހަނދާނުގައި، އެމަނިކުފާނުގެ ނަމާއި ގުޅުވައިގެންނެވެ.

މޯލްޑިވިއަންގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރާ ގޮތުގައި، މި އައު އިމާރާތާއިއެކު މަސައްކަތްތައް އިތުރަށް އަވަސްވެ، މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާރު ކުރަމުންދަނީ ޤައުމީ އެއާލައިންގެ މަގާމަށް މޯލްޑިވިއަން ގެނައުމުގެ މަސައްކަތްޚަބަރު | 2 މަސް ކުރިންމާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު، މިއީ ނުކަތާ ވަރުގެ އަދަދެއް - މިނިސްޓަރ ޚަބަރު | 2 މަސް ކުރިންއާރް.ޓީ.އެލްގެ ޚިދުމަތް މާދަމާއިން ފެށިގެން ރ. އަތޮޅުގައި ފަށަނީޚަބަރު | 2 މަސް ކުރިންހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށްކުރާ އަސަރު ދަނީ ބަލަމުން: އަމީންޚަބަރު | 2 މަސް ކުރިން