logo
E-Platinum
ޚަބަރު

ފުލުހަކު މަޑުކުރަން ބުނުމުން ގަދަހަދާފަ ދިޔަ މީހަކު 33،000 ރުފިޔާ އިން ޖުރިމަނާކޮށްފި

އަޙްމަދު ޒަލީފް
16 އޭޕްރީލު 2025 - 09:28
ފުލުހަކު މަޑުކުރަން ބުނުމުން ގަދަހަދާފަ ދިޔަ މީހަކު 33،000 ރުފިޔާ އިން ޖުރިމަނާކޮށްފި

ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ މައްސަލައެއް ސާބިތުވެ، ސ.ހިތަދޫ، ފާނަވިލާގެ، ޙަސަން ޢަލީމް ޒުހުރީ 33،000 ޖޫރިމަނާކޮށްފިއެވެ.

މީނާގެ މައްޗަށް މި ދަޢުވާ ކޮށްފައިވަނީ، މީނާ އިތުރު ބަޔަކާއެކު، 22 ޑިސެންބަރ 2021 ދުވަހު 21:25 އެހާކަށްހާއިރު، މާލެ، މަޖީދީމަގުން، އިރުން ހުޅަނގަށް "ކިއުބިކްސް" ބްރޭންޑްގެ ސައިކަލެއްގައި ދުއްވާފައި ދިޔައިރު، މީނާ ދުއްވަންއިން ސައިކަލުގެ ފަހަތުގައި އިން މީހާ، މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ކަންމަތީގައި މަޖީދީމަގު ވަންވޭ ކުރުމަށް ފުލުހުން ބަހައްޓާފައިހުރި ޓްރެފިކް ކޯނުތަކުގެ ތެރެއިން ކޯނެއް އެއްލާލުމުން، މީނާ އެ ސައިކަލުގައި މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ކަންމަތިން ދުއްވާފައި ދަނިކޮށް، އެ މަގުގައި ޓްރެފިކް ބަލަހައްޓަންހުރި ޕޮލިސް ރެކްރޫޓް އިސްމާޢީލް ޢައީދު މުޙައްމަދު، މީނާ ދުއްވަން އިން ސައިކަލު މަޑުކުރުމަށް މީނާއަށް އެންގުމުން، މީނާ އެތަނުގައި މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސް، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއަޅާފައިވާތީއެވެ.

މީނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، މާލެ، މަޖީދީމަގުން، އިރުން ހުޅަނގަށް "ކިއުބިކްސް" ބްރޭންޑްގެ ސައިކަލެއްގައި ދުއްވާފައި ދިޔައިރު، މީނާ ދުއްވަންއިން ސައިކަލުގެ ފަހަތުގައި އިން މީހާ، މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ކަންމަތީގައި މަޖީދީމަގު ވަންވޭ ކުރުމަށް ފުލުހުން ބަހައްޓާފައިހުރި ޓްރެފިކް ކޯނުތަކުގެ ތެރެއިން ކޯނެއް އެއްލާލުމުން، މީނާ އެ ސައިކަލުގައި މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ކަންމަތިން ދުއްވާފައި ދަނިކޮށް އެ މަގުގައި ޓްރެފިކް ބަލަހައްޓަންހުރި ޕޮލިސް ރެކްރޫޓް އިސްމާޢީލް ޢައީދު މުޙައްމަދު، މީނާ ދުއްވަން އިން ސައިކަލު މަޑުކުރުމަށް މީނާއަށް އެންގުމުން، މީނާ އެތަނުގައި މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާކަމަށް ބުނެފައިވެއެވެ.

އިސްމާޢީލް ޢައީދު މުޙައްމަދަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގައި ހިމެނޭ މުވައްޒަފެއްކަމާމެދު ސުވާލެއް ނެތް ކަމަށާއި، އަދި މީނާ އަކީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން ނޭނގޭކަމަށް ޙަސަން ޢަލީމް ޒުހުރީގެ ފަރާތުން ފާހަގަކޮށްފައެއްވެސް ނުވާކަމަށް މިނާގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުޙުމަތުގައި މީނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރިކަން އެނގޭ ކަމަށާއި، އަދި ހަސަން ޢަލީމް ޒުހުރީ އެކަން ކޮށްފައިވަނީ ޤަޞްދު އޮވެގެންކަން މި މައްސަލައިގައި ދައުލަތުން ހުށަހެޅި އެންމެހާ ހެކި ޤަރީނާއިން ޝަރީޢަތަށް ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ

މި ދަޢުވާގެ ދިފާޢުގައި ޙަސަން ޢަލީމްގެ ޒުހުރީގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވާ ކަމަށާއި، އަދި މި ދަޢުވާއަށް އިންކާރު ކުރާކަމަށް ބުނުން ފިޔަވާ، ދަޢުވާއިން ބަރީޢަވުމަށް ދިފާޢަށް އޮންނަ ޒިންމާއާ ބުރަ، ޙަސަން ޢަލީމްގެ ޒުހުރީގެ ފަރާތުން އުފުލާފައި ނުވާ ކަމަށްވެސް މި މައްސަލަ ބެއްލެވި ޤާޟީ އިބްރާޙިމް ޒިހުނީ މި ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި މީނާގެ މައްޗަށް ކަނޑައެޅީ 05 (ފަހެއް) މަހާއި، 15 (ފަނަރަ) ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް މި އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރެއްވުމަށް ފަނޑިޔާރު ނިންމެވީއެވެ. މި ފައިސާ ނުދައްކައިފިނަމަ މި މައްސަލައިގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ދައުލަތަށް ލިބެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފިޚަބަރު | 3 ދުވަސް ކުރިންފުލުހަކު މަޑުކުރަން ބުނުމުން ގަދަހަދާފަ ދިޔަ މީހަކު 33،000 ރުފިޔާ އިން ޖުރިމަނާކޮށްފި ޚަބަރު | 9 ދުވަސް ކުރިންޓިކްޓޮކްގައި ދިވެހިންނަށް ހުތުރުކުރަމުންދިޔަ 'ޔާޔާ' އުމުރަށް ޖަލަށްލައިފިޚަބަރު | 9 ދުވަސް ކުރިންޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހެއްގެ ބަންދަށް 15 ދުވަސް ޚަބަރު | 12 ދުވަސް ކުރިން