logo
Bank of Maldives

Bank of Maldives

ޚަބަރު

ފާއިޒް، ފަނޑިޔާރުކަމުން ވަކިކޮށްފި

ޢައްފާން މުޙައްމަދު
3 ޑިސެމްބަރު 2025 - 06:00
ފާއިޒް، ފަނޑިޔާރުކަމުން ވަކިކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު، ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފާއިޒް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ހޯމަ ދުވަހުއެވެ.

މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފާއިޒް ރަޝާދު ޢަމަލުކޮށްފައިވާކަން ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީ، ފާއިޒް ރަޝާދުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ޢަމަލެއްކަމަށްވާތީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނޮވެންބަރު 26 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށިގެން ފާއިޒް ހުންނެވީ ސަސްޕެންޑް ކޮށްފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފިޚަބަރު | 11 ދުވަސް ކުރިންދުވާލު މަގުމަތީގައި ކެއި މީހާގެ ބަންދަށް އިތުރު ދުވަސް!ޚަބަރު | 11 ދުވަސް ކުރިން