logo
Bank of Maldives

Bank of Maldives

ޚަބަރު

ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން 27،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

އަޙްމަދު ޒަލީފް
7 ޖުލައި 2025 - 11:51
ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން 27،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަހްމަދު ރަޙިމަހުاللهގެ ހަނދާނީ މިސްކިތް ހުޅުމާލޭގައި ބިނާކުރުމަށް 27،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ކަނޑައަޅައިދީފިއެވެ. މި މިސްކިތް ބިނާކުރަނީ ޚިދުމަތް ޖަމްއިއްޔާއިން އިސްނަގައިގެންނެވެ.

މިކަމާ ގުޅޭގޮތުން ހިދުމަތް ޖަމިއްޔާއިން ބުނެފައިވަނީ މިހާރު ކުރަމުންދަނީ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތްކަމަށާއި، މިސްކިތް ހިލޭ ކުރަހައިދޭނެ ތަޖުރިބާކާރު ފަރާތެއްވެސް މިހާރު ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މަޝްރޫއާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ މިސްކިތާ ގުޅޭގޮތުން، އިސްލާމިކް މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމުގައި، މިސްކިތް ބިނާކުރުމުގެ މަސައްކަތަށް މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދޭނެކަމުގެ ޔަގީން އެ މިނިސްޓްރީން ދެއްވާފައިވާ ކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ބުނެއެވެ. އަދި މިސްކިތް ބިނާކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެމްއޭއިން ބޭންކު ރޭޓުން ޑޮލަރު ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވާކަމަށް ހިދުމަތް ޖަމިއްޔާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަ ބޮޑު، އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުޚަބަރު | 20 ދުވަސް ކުރިންއަންނަ ހަފްތާގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމް ރާއްޖެއަށްޚަބަރު | 20 ދުވަސް ކުރިންހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ ކުންފުންޏަކާ އެކު އެއްބަސްވުމެއްޚަބަރު | މަހެއް ކުރިންމަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ނުދީ: ޑރ. ޝަހީމްޚަބަރު | މަހެއް ކުރިން