logo
E-Platinum
ޚަބަރު

އިޝާން މާލެ އައިރު އޭނާ ގެނައި އެއްވެސް އެއްޗެއް ކަސްޓަމަކުން ނުހިފަހައްޓާ، ފަތުރަނީ ބޮޑު ދޮގެއްކަން ހާމަވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖުލައި 2025 - 14:43
 އިޝާން މާލެ އައިރު އޭނާ ގެނައި އެއްވެސް އެއްޗެއް ނުހިފަހައްޓާ، ފަތުރަނީ ބޮޑު ދޮގެއްކަން ހާމަވެއްޖެ

މާލޭ ސިޓީގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން ޢަލީ ޗައިނާ އިން ރާއްޖެ އައިއިރު އޭނާ އަތުން ސިނގިރޭޓްތަކެއް ފެނިގެން ކަސްޓަމްސްއިން ހިފެހެއްޓިކަމަށް ބުނެ ޗެނަލް 13 ފަތުރާފައިވަނީ ދޮގެއްކަން ހާމަވެއްޖެއެވެ.

ޗެނަލް13 އިން މި ޚަބަރު ފެތުރުމާއި ގުޅިގެން އިޝާން ވަނީ އެއީ ބުހުތާނެއްކަމުން އެކަން ސާފުކުރަން ކަސްޓަމްސްގައި އެދިފައެވެ.

މިގޮތުން އިޝާނަށް ކަސްޓަމްސް އިން ދިން ޖަވާބުގެ ކޮޕީއެއް މި ނޫހަށް ލިބިފައިވާއިރު، މެއި މަހުގެ 30 ވަނަ ދުވަހު ޝަންހާއި އިން ރާއްޖެއަށް އައި އެމްޔޫ235 ފްލައިޓުން އޭނާ ރާއްޖެ ދަތުރުކުރިއިރު އޭނާ ގެނައި އެއްވެސް އެއްޗެއް ކަސްޓަމްސް އިން ހިފެހެއްޓިކަން ރެކޯޑްތަކުން ފެންނަންނެތްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެފަދަ މައުލޫމާތެއް ވެސް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރާކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން، ޗެނަލް 13 އިން ފަތުރާފައިވަނީ ދޮގެއްކަން ވަނީ ހާމަވެފައެވެ. އަދި އެ ޚަބަރުގެ ސަބަބުން އެ އިޝާންގެ އަބުރަށް އެ ޗެނަލުން ވަނީ އަރައިގެންފައިކަން ވެސް ވަނީ އެނގިގެން ގޮސްފައެވެ.

މިކަމާއި ގުޅިގެން އިޝާން މި ނޫހަށް ވިދާޅުވީ، އޭނާ އަކީ ރައްޔިތުންގެ ޚާދިމެއްކަމަށާއި، ސިޔާސީ ގޮތުން ނުކުމެ ހުންނެވީ ރައްޔިތުންގެ ބަސް އިއްވަން ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ އަމާޒުހުރީ 1 ލައްކަ މެމްބަރުންނާއެކު ލޯކަލް ކައުންސިލް އިންތިހާބާ ކުރިމަތިލުމަށްޚަބަރު | 20 ގަޑިއިރު ކުރިން އިޝާން މާލެ އައިރު އޭނާ ގެނައި އެއްވެސް އެއްޗެއް ނުހިފަހައްޓާ، ފަތުރަނީ ބޮޑު ދޮގެއްކަން ހާމަވެއްޖެޚަބަރު | 10 ދުވަސް ކުރިންރައީސް މުޢިއްޒު ދިވެހި މަސްވެރިކަން 1.5 ބިލިޔަން މީހުންގެ މާކެޓަކަށް ހުޅުވާލަދެއްވައިފި: މުއާޒް ހަލީމްޚަބަރު | 11 ދުވަސް ކުރިންއެމްޑީޕީ މެމްބަރުން މަސްވެރިންނަށް ކޮށްދިން ކަމެއްނެތް، ދެ ދައުރުގައި ވެސް ތިބީ އަތް ޖަހަން: އައިބީޚަބަރު | 15 ދުވަސް ކުރިން