logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫން ބާރު ލިބިފައި އޮތްނަމަވެސް ކައުންސިލްތައް ކުދި ސަރުކާރުތަކެއް ގޮތަށް ހިންގައިގެންނުވާނެ: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޯގަސްޓު 2025 - 02:40
ކައުންސިލްތައް ކުދި ސަރުކާރުތަކެއް ގޮތަށް ހިންގައިގެންނުވާނެ: މުހައްމަދު އިސްމާއީލް

ލާމަރުކަޒީ ޤާނޫން ބާރު ލިބިފައި އޮތްނަމަވެސް ކައުންސިލްތައް ކުދި ސަރުކާރުތަކެއް ގޮތަށް ހިންގައިގެންނުވާނެކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ އެއް ޑެޕިއުޓީ ލީޑަރގެ ގޮތުގައި ވެސް ހުންނެވި މުހައްމަދު މިހެން ވިދާޅުވީ ހުކުރުދުވަހުގެ ރޭ މެންދުރު ޓީވީން ގެނެސްދިން ''ޖަވާބުދާރީ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުދަ ދުވަހު މަޖިލީހުން ފާސްކުރި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހްގެ ބިލާއި ގުޅިގެން ޕްރެޒެންޓަރ އައިމިނަތު ސަފާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، ކައުންސިލްތައް އުފެއްދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފައިދާލިބޭނެ ގޮތަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މަސައްކަތްކުރަމުން ދަނީ ހަގީގަތުގައި ކައުންސިލްތައް ބާރުވެރި ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވިގޮތުގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން ކައުންސިލްތަކަށް ބާރުތަކެއް ދީފައި އޮތެއްކަމަކު، ކުދި ސަރުކާރުތަކެއްގޮތަށް ކައުންސިލްތައް ހިންގައިގެން ނުވާނެއެވެ.

ބައެއް ކައުންސިލްތަކުން އިންތިޚާބަށް އަހަރަކަށްވުމުން އަލުން އިންތިޚާބުވުމުގެ ބޭނުމުގައި، އިންތިޚާބު ކާމިޔާބު ކުރަން ފަސޭހަކަން ލިބޭގޮތަށް ރަށްރަށުގެ ޕްރައިމް ލޮކޭޝަންތަކުގައި ހުންނަ ބިންތައް ދޫކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ބިންތައް ބިޑަށް ލަނީ ވެސް އެ ކައުންސިލަކުން ދޭން ބޭނުންވާ ބަޔަކަށް ކާމިޔާބުވާނެހެން ބިޑް ފަހިކުރުމަށްފަހުގައިކަމަށް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

''އެބާރުތައް ލާމަރުކަޒީ ގާނޫނުން އެ ބޭފުޅުންނަށް އޮތްނަމަވެސް އެ ބާރުތައް މިސް ޔޫޒްކޮށްގެން ނުވާނެ، ކުރިއަށް ލޯކަލް ކައުންސިލް ކާމިޔާބުކުރުމަށްޓަކައި އެބޭފުޅުންގެ އަމިއްލަ ލާބަޔާއި މަންފާއަށްޓަކައި، އިތުރު ދައުރެއް ހޯދުމަށްޓަކައި ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޚިލާފަށް، ރައްޔިތުން ނުގަބޫލުގައި އެ ބޭފުޅުން އަމިއްލައަށް ރަށްރަށުގެ އެންމެ ޕްރައިމް ލޮކޭޝަނުން އެބޭފުޅުން ބިންތައް، އެ ބޭފުޅުން ބިޑް ހުށަހަޅާއިރުގައި އެ ބޭފުޅުން ދޭން ބޭނުންވާ މީހުންނަށް ސެޓްވާގޮތަށް ހުޅުވާލައިގެން އެބޭފުޅުން އެކަން އެބަކުރޭ، އެއީ އެންމެ ރަނގަޅުގޮތްކަމަށް އަޅުގަނޑުމެން ދެކިގެންނުވާނެ'' މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ކައުންސިލްތަކަށް ދޫކޮށްފައިވާ ބަޖެޓް ވެސް ބޭނުންކުރަން ވާނީ އެރަށެއްގެ މުޅި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި ކަންކަން ކުރެވެމުން ދަނީ އެ މަގްސަދު ހާސިލްވާގޮތަށް ނޫންކަމަށާއި، ޚާއްޞަކޮށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ކަންކުރަމުން އަންނަގޮތް ފެނިވަޑައިގަންނަވާކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، މި ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތަކީ، ހޮވިފައިތިބޭ ކައުންސިލަރުންގެ އަމިއްލަ ފިކުރާއި އަމިއްލަ މަންފާއަށް ކަންކަން ކުރުމުގެ ބަދަލުގައި މުޅި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭގޮތަށް މުޅި ނިޒާމް ބައްޓަން ކުރުމުގެ މަސައްކަތްކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމްގެ ބޭނުމަކީ ވެސް އެރަށެއްގައި ތިބޭ ރައްޔިތުންނަށް އެރަށަކުން ލިބޭ ޚިދުމަތްތައް ވަރުގަދަކޮށް، ފަސޭހަކޮށް ހަރުދަނާކުރުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | 18 ދުވަސް ކުރިންޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާ މިރޭޚަބަރު | 20 ދުވަސް ކުރިންފެނަކައިގެ އޮޑިޓުން ފާހަގަވި ކަންކަމުގެ ތަހުގީގު އަވަސްކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިޚަބަރު | 20 ދުވަސް ކުރިންޕީއެންސީގެ ފިސާރި ފޯރިގަދަ ޖަލްސާއެއް ބުދަދުވަހުގެ ރޭ ބާއްވަނީ ޚަބަރު | 23 ދުވަސް ކުރިން