logo
E-Platinum
ޚަބަރު

ދޮގު މައުލޫމާތު ފަތުރަނީ ރައީސް ގެންނަވާ ތަރައްޤީ ބަލައިނުގަނެވި އަގު ވައްޓާލަން: ޑީއެމްޑީ ލަމްއާން

ޝަހްޒާ މުހައްމަދު
7 ޖުލައި 2025 - 16:38
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން

 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާއިމްކުރާ އައު ޓާމިނަލް ހުޅުވުމަށް އެއާޕޯޓު ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަރުގަދަ ތައްޔާރީތަކެއް ވަމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިސާދަށާއި ޤައުމަށް ގެންނަ ކުރިއެރުންތައް ބަލައިގަންނަން އުނދަގޫވެ، މި ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ އަގުވައްޓާލަން މަސައްކަތްކުރާ ބަޔަކު ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.

އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ހަވާއެރުވުމުގެ ކަންކަން ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ސަހުޔޫނީ ދައުލަތް، އިޒްރޭލަށް ވާގިވެރިވާ ކުންފުންޏަކާއި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ. މިކަމާއި ގުޅިގެން އެމްއޭސީއެލްގެ ޑީއެމްޑި ލަމްއާން "މެންދުރުޓިވީ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެވާހަކަތަކަކީ ބަޔަކުދައްކާ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށެވެ.

އެގޮތުން ލަމްއާން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ އިޤްތިސާދަށާއި ރާއްޖެއަށް ގެންނަ ބަދަލުތައް ފެންނަމުންދާ ކަމަށާއި، މި ކުރިއެރުންތައް ޙަޤީޤަތުގައި ބަލައިގަންނަން އުނދަގޫވާ ބަޔަކު، ޚާއްސަކޮށް މި ސަރުކާރުގެ އަގުވައްޓާލާ، ކުންފުނިތަކުގެ އަގުވައްޓާލަން މަސައްކަތްކުރާ ކަމަށް ސިފަކުރެވޭ ކަމަށެވެ.

މި އެއްވެސް ކަހަލަ ޙަޤީޤަތެއްނެތް ވާހަކަތަކަކީ، ޚާއްސަކޮށް އިދިކޮޅު ނޫސްތަކުގައި މި ޖަހާ ވާހަކަތަކަކީ، އެމްއޭސީއެލް އިން ބަލައިގަންނާނެ ކަންތަކެއް ނޫން މި ފަދަ ދޮގު ވާހަކަތަކަކީ، އަދި މި ފަދަ ދޮގު ޚަބަރުތައް ޖަހާނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން ވެސް އަޅުގަނޑުމެން ކުރިއަށްގެންދާނަން، - އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން

އޭނާ އިތުރަށް ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރާއި، ކުންފުނީގެ މުޅި ޓީމު ވަރަށް ފޯރީގައި ރައީސްގެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އާ ޓާމިނަލްގެ ޚިދުމަތް އިޤްތިސާދަށް ބޮޑު ނަފާއަކަށް ވެގެންދާނެ ކަމަށެވެ. އަދި ޖުލައި 26 ވަނަ ދުވަހުގެ ރޭ އާ ޓާމިނަލް ހުޅުވުމަށް 24 ގަޑި އިރު އެކުންފުނީގެ މުވައްޒަފުންނާއި ވެރިން މަސައްކަތް ކުރަމުންދާކަމަށް ވެސް ލަމްއާން ވިދާޅުވިއެވެ.

އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ ރައްޔިތުނަށް ވަރަށް ސަޕްރައިޒިން އިވެންޓަކަށްވާނެ ކަމަށާއި، ރައްޔިތުންނާއިގުޅިގެން ކުރިއަށްދާ ޙަރަކާތެއް ކަމަށް ވެސް ޑީއެމްޑީ ލަމްއާން ފާހަގަކުރެެއްވިއެވެ. އަދި ރައީސް ޑރ. މުޢިއްޒުއަށް ޚާއްސަކޮށް، މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 26 ވަނަ ދުވަހު އައު ޓާމިނަލް ހުޅުވާއިރު، މިހާރު ކުރިއަށްދަނީ އެ ޓާމިނަލް ހުޅުވުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީޚަބަރު | ދުވަހެއް ކުރިންހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކުރަނީ ޚަބަރު | 2 ދުވަސް ކުރިންވީއައިއޭގެ ކާގޯ ޓާމިނަލްގައި އޮފީސް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިޚަބަރު | 4 ދުވަސް ކުރިންޚިދުމަތުގެ ފެންވަރު ރަނގަަޅު ކުރުމަށް އެމްއޭސީއެލް އިން އިތުރު އެއްބަސްވުންތަކެއް ޚަބަރު | 4 ދުވަސް ކުރިން