logo
MPL

MPL

ޚަބަރު

ވީއައިއޭގެ ކާގޯ ޓާމިނަލްގައި އޮފީސް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ޝަހްޒާ މުހައްމަދު
13 ޖުލައި 2025 - 05:19
ވީއައިއޭގެ ކާގޯ ޓާމިނަލްގައި އޮފީސް ހިންގާނެ ބަޔަކު ހޯދަން  އިއުލާނުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ކާގޯ ޓާމިނަލް (އެންސީޓީ) ގައި ކާގޯ އޮފީސް ހަދައި ހިންގަން ޝައުގުވެރިވާ ފަރާތެއް ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

މީގެކުރިން ހަތަރުފަހަރު ވަނީ މިކަމަށް އިއުލާންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ކެޓަގަރީތަކެއް ކަނޑައަޅައި އޭގެ ތެރެއިން ކެޓަގަރީއެއްގެ ލައިސަންސް އޮތް ކުންފުނިތަކަށް ކާގޯ އޮފީސް ހިންގުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެގޮތުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގައި ރަޖިސްޓްރީވެ ހުއްދަ އޮތް ކާގޯ އެއާލައިންތަކާއި ކާގޯ ސޭލްސް އެޖެންޓުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ކާގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮތް ކާގޯ ބްރޯކަރުންނާއި ކުރިއާ އެޖެންޓުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 11:30 އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ވީއައިއޭގެ އާ ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް މިޙާރުދަނީ އެންމެފަހުގެ ތައްޔާރީތައްވަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 14 ދުވަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 14 ދުވަސް ކުރިންކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފިޚަބަރު | މަހެއް ކުރިންބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފިޚަބަރު | މަހެއް ކުރިން