logo
E-Platinum
ޚަބަރު

ޚިދުމަތުގެ ފެންވަރު ރަނގަަޅު ކުރުމަށް އެމްއޭސީއެލް އިން އިތުރު އެއްބަސްވުންތަކެއް

އަޙްމަދު ޒަލީފް
12 ޖުލައި 2025 - 15:38
ޚިދުމަތުގެ ފެންވަރު ރަނގަަޅު ކުރުމަށް އެމްއޭސީއެލް އިން އިތުރު އެއްބަސްވުންތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައިދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އެއަރޕޯޓުގައި ޚިދުމަތްދޭ ސަރުކާރުގެ އިދާރާތަކާއެކު އެމްއޭސީއެލްއިން ޚިދުމަތުގެ އެއްބަސްވުންތަކެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި އެއްބަސްވުންތަކުގެ މަގުސަދަކީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލްހުޅުވާއިރު އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް, އެއް ފެންވަރެއްގައި ބެހެއްޓުމާއި އޮޕަރޭޝަނަލް ޕްރެކްޓިސްތައް ހަރުދަނާ ކުރުމެވެ. އަދި ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހިދުމަތްތައް ފުރިހަމަވެ، މެދުނުކެނޑި ހިދުމަތް ދިނުމަކީވެސް އެ އެއްބަސްވުންތަކުގެ މަގުސަދެކެވެ.

9876eb17-8e5c-461c-ae57-045871e51fac.jpeg

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލް އިން ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާއެކު އެއްބަސްވުމެއް ހަދައިފައެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ވީއައިއޭމެދުވެރިކޮށް ގަސްގަހާގެހި އަދި ޖަނަވާރު އެތެރެކުރުމުގައި އިންޓައޭޖެންސީ ގުޅުން ހަރުދަނާކޮށް ކާގޯ އޮޕަރޭޝަންތައް ހަލުވި ކުރުމެވެ.

ފަސިންޖަރުން އިތުރުވެ އާ ކަނެކްޝަން އިތުރުވަމުންދާއިރު، ރާއްޖޭގެ ވައިގެ މައި ދޮރާށި ބަލަހައްޓާ ކުންފުނީގެ ހައިސިއްޔަތުން އެމްއޭސީއެލް އިން މި އަންނަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ދައުރު ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްއޭސީއެލްގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީޚަބަރު | 20 ގަޑިއިރު ކުރިންހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކުރަނީ ޚަބަރު | ދުވަހެއް ކުރިންވީއައިއޭގެ ކާގޯ ޓާމިނަލްގައި އޮފީސް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިޚަބަރު | 3 ދުވަސް ކުރިންޚިދުމަތުގެ ފެންވަރު ރަނގަަޅު ކުރުމަށް އެމްއޭސީއެލް އިން އިތުރު އެއްބަސްވުންތަކެއް ޚަބަރު | 4 ދުވަސް ކުރިން