logoEN
ޚަބަރު

ދިވެހިބަސް ދެމެހެއްޓުމުގައި ލިޔުންތެރިން ކުރާމަސައްކަތަށް ރައީސްގެ ތައުރީފް

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

08 ޖުލައި 2025 - 04:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ މެސެޖެއްގައި، ދިވެހިބަސްކުރިއެރުވުމަށް ލިޔުންތެރިން ކުރާ މަސައްކަތަށް ތައުރީފްކުރައްވައިފިއެވެ.

ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިބަހަކީ ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދާ ކަމުގައެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖެ އުފެދި ނަން ދެވުނީ ދިވެހިބަހުގެ ސަބަބުން ކަމަށެވެ. އަދި، އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީވެސް ދިވެހިބަސް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ދިވެހި ލިޔުންތެރިން އަދާކުރައްވާ ޤައުމީ ޒިންމާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުރީފް ކުރައްވާފައެވެ. އެގޮތުން، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވަމުން، ލިޔުންތެރިންގެ މަސައްކަތުގެ މުހިންމުކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެ އުފެދި ނަން ދެވުނީ، ދިވެހިބަހުގެ ސަބަބުން. ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް. މިއީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބު. ދިވެހި ލިޔުންތެރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ.

ކޮމެންޓް

871x217_placeholder