ދެ ބިދޭސީއަކު ހޯދަން އިއުލާންކޮށްފި


08 ޖުލައި 2025 - 16:43
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ފުލުުހުން ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 31 އަހަރުގެ މުޙައްމަދު ތޮޔޮބުރު އާއި ހަމަ އެ ޤައުމުގެ ރައްޔިތެެއް ކަމުގައިވާ 35 އަހަރުގެ މުޙައްމަދު އަސަދެވެ.
މުޙައްމަދު އަސަދު އަދި މުޙައްމަދު ތޮޔޮބުރު ވެސް ހާޒިރުވާންޖެހެނީ 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.
މިއީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުކުރެވޭ ބައެކެވެ.
އިތުރު ލިޔުންތައް
ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދަނީ
10 މަސް ކުރިން
ކޮންމެ 5 މިނެޓަކުން މަގުމަތިން ފުލުހަކު ފެންނަން ގޮތަށް އިންތިޒާމު ކުރަނީ
9 މަސް ކުރިން
އެފްކޮންސްގެ މުވައްޒަފަކު ޒަޚަމުވެ މަރުވެފައި އޮއްވާ ފެނިއްޖެ
9 މަސް ކުރިން.jpg&w=3840&q=75)