logo
E-Platinum
ޚަބަރު

އެމްޑީކަމުން ވަކިވިޔަސް މައުރޫފް ހުންނެވީ އެޗްޑީސީ ދޫކޮށްލައްވާގޮތަކަށްނޫން

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޭޕްރީލު 2025 - 09:28
އެމްޑީކަމުން ވަކިވިޔަސް މައުރޫފް ހުންނެވީ އެޗްޑީސީ ދޫކޮށްލައްވާގޮތަކަށްނޫން

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަޤާމުން ވަކިވެވަޑައިގަތަސް،، އެޑްވައިޒަރީ މަޤާމެއްގައި ހުންނަވައިގެން ކުންފުޏަށް އެހީތެރިވުމަށް ބޭނުންފުޅުވާކަމަށް އެ ކުންފުނީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އެޗްޑީސީގެ އެމްޑީ ކަމާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް، "ސެމީ ރިޓަޔަރމެންޓް"ގައި ހުންނެވުމަށްފަހުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީއަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ޒަރޫރަތު އޮތްކަމަށް ދެކެވަޑައިގެން، މި މަޤާމު ޤަބޫލުކުރެއްވީ އެވެ.

މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ހުޅުމާލޭގެ މާސްޓަރޕްލޭނަށް އިސްލާހު ގެނައުމާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އިސްކަންދެއްވައި، އެ ދެ ލަނޑުދަނޑި ހާސިލްވިކަން މައުރޫފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ފުލް ރިޓަޔަރމެންޓަކަށް ނުގޮސް، ކުންފުނީގެ އެކި ކަންކަމުގައި ލަފާދިނުމުގެ ދައުރެއް، އެޑްވައިޒަރެއްގެ ގޮތުގައި އަދާކުރައްވަން ބޭނުންފުޅުވާކަމަށެވެ. މި ބޭނުންފުޅުވުމުގެ ބިންގަލަކީ، އޭނާ ޤަބޫލުކުރައްވާ ގޮތުގައި އެޗްޑީސީއަށް މިހާރު ހެޔޮ ބަދަލުތަކެއް ގެނެސްވިފައިވާ ކަމާއި، ކުންފުނީގެ ކުރިމަގުވެސް އޮތީ އުޖާލާކޮށްކަމަށްވުމެވެ.

https://mendhuru.tv/dv/9439

މައުރޫފް ޖަމީލް އަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެހެންކަމުން، އެޗްޑީސީއާ ގުޅުންހުރި ކަންކަމުގައި އޭނާގެ ތަޖުރިބާ އާއި ލަފާ ބޭނުންވުމަކީ ޤައުމީ ތަރައްޤީއަށް ފައިދާހުރި ކަމެއްކަމަށް ގިނަބަޔަކު ދެކެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފެއްޓެވިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި މައުރޫފް ވަނީ އެ މަޝްރޫއަށްޓަކައި އޭރުގެ ރައީސް އޮފީހުގެ ދަށުން ހިންގި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ ޑިރެކްޓާ ޖެނެރަލްގެ ގޮތުގައި އެތަނުގެ އެންމެ އިސްވެރިއެއްގެ ދައުރު އަދާކުރަށްވާފައެވެ. އަދި، އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދެވުމަށް ފަހު އެ ކުންފުނީގެ ފުރަތަމަ ސީއީއޯއަކީ ވެސް މައުރޫފެވެ. މީގެ އިތުރުން މައުރޫފް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރަށްވާފައެވެ. އޭގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވައިފައިވެއެވެ. ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މައުރޫފް ޖަމީލް ވަނީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޑިޒައިން އެނަރޖީ އެފިޝަންސީ އެވޯޑް ވެސް ހާސިލްކުރައްވައިފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީއާ ހަވާލުވީ ރައީސްގެ އެދިލެއްވުމަށް، ބޭނުންވީ ޚިދުމަތް ކުރަން: މައުރޫފްޚަބަރު | 7 ދުވަސް ކުރިންއެމްޑީކަމުން ވަކިވިޔަސް މައުރޫފް ހުންނެވީ އެޗްޑީސީ ދޫކޮށްލައްވާގޮތަކަށްނޫންޚަބަރު | 7 ދުވަސް ކުރިންފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ އުފެދުމުން ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވުމަށް މަގުފަހިވެގެން ދާނެ: މައުރޫފްޚަބަރު | 7 ދުވަސް ކުރިންއެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް މަޤާމުން ރިޓަޔާ ކުރައްވަނީޚަބަރު | 9 ދުވަސް ކުރިން