އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް މަޤާމުން ރިޓަޔާ ކުރައްވަނީ


07 ޖުލައި 2025 - 08:10
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި އައްޔަން ކުރެއްވި މައުރޫފު ޖަމީލް، ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި މައުރޫފް ރިޓަޔާ ކުރަށްވަން ނިންމަވާފައި ވަނީ އަންނަ އޯގަސްޓް މަހުގެ 18 ހިސާބުގައެވެ.
މައުރޫފު މި ނިންމެވީ ސިއްހީ ބައެއް ކަންކަމާ ގުޅިގެންނާއި، ކުރިން ވެސް ރާވާފައިވާ ގޮތަށް ސަރުކާރުގެ އެޑްވައިޒަރީ މަގާމެއްގައި މަސައްކަތް ކުރެއްވުމަށް ކަމަށް އޭނާއާ ގާތް ފަރާތަކުން މައުލޫމާތު ދެ އެވެ.
ހުޅުމާލެ ތަރައްގީގައި 18 އަހަރުގެ ދިގު ތަޖުރިބާ ހުރި މައުރޫފު، އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެވުނީ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ކޮރަޕްޝަން ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދެއްވުމުންނެވެ. އެހެންކަމުން، އެ ކުންފުނި ހިންގުމާ މައުރޫފު ހަވާލުވެވަޑައިގެންނެވީ ގާތްގަޑަކަށް ހަތަރު މަސް ދުވަސްވެފައިވާއިރު، އޭނާ ވަނީ ކުންފުނީގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މައުރޫފް ޖަމީލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވައިފައިވެއެވެ. ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މައުރޫފް ޖަމީލް ވަނީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޑިޒައިން އެނަރޖީ އެފިޝަންސީ އެވޯޑް ވެސް ހާސިލްކުރައްވައިފައެވެ.
އިތުރު ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކިޔޮކްސްކް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
އަހަރެއް ކުރިން
ހުޅުމާާލޭގައި ޕާކިންއަށް ޚާއްސަ 12 ޢިމާރަތެއް އަޅަނީ
10 މަސް ކުރިން.jpg&w=3840&q=75)
ހުޅުމާލޭގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ
10 މަސް ކުރިން